ސްނޯކްލިންއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަނީ
މާލޭ ސިޓީ ވެސްޓްޕާކް ސަރަހައްދަށް އެކަނި ސްނޯކްލިންއަށް ދިޔަ ޒުވާނަކު ގެއްލިގެން ހޯދަންފަށައިފިއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ، މިއަދު ހެނދުނު 11:00 ހާއިރު ސްނޮކްލިންގ އަށް ގޮސް އުޅެނިކޮށް ހަބަރެއްނުވެގެން ހޯދަމުންދަނީ، މ. ބޮއިލިން ފިޝް، (24އ) ސަފްވާން ރަޝީދު ކަމަށެވެ. ސަފްވާން ގެއްލިގެން އުޅޭކަމަށް އެމްއެންޑީއެފްއަށް އިޕޯޓް ލިބިފައިވަނީ މިއަދު ހަވީދު 16:36 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އެމްއެންޑީއެފްއިން ބުނީ މާލެ އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުން އޭނާ ހޯދުމުގ...