ގެއްލުނު ފަތުރުވެރިޔާ ހޯދަން ބޮޑު ސަރަޙައްދެއް ބަލައިފި، އަދިވެސް ނުފެނޭ
އެކަނިމާއެކަނި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް އިއްޔެ ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ، މިމަހު 13 ވަނަ ދުވަހު ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން އެކަނި މޫދަށް ދިޔަ އަންހެން ފަތުރުވެރިޔާގެ ޚަބަރެއް ނުވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިއަދުވެސް އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓްގެ މެނޭޖުމަންޓް ގުޅިގެން ކުރިއަށް ގެންދިޔަކަމަށެވެ. ”މިގޮތުން މިއަދު...