ރާއްޖޭގައި ވިޔަފާރި ހިންގުމުގައި ހަރުދަނާ އުސޫލެއް ނެތް: މިނިސްޓަރ
ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ވިޔަފާރިތައް ރަޖިސްޓްރީ ކުރުމުގައި ލުއިގޮތްތަކެއް ފަހިގެންދާނެ ކަމަށާއި ރާއްޖޭގައި ވިޔަފާރި ހިންގުމުގައި ހަރުދަނާ އުސޫލެއް ނެތް ކަމަށް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ. ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާ ގުޅޭ ގޮތުން މަޖިލިސް ފްލޯއަށް ވަަޑައިގެން މެމްބަރުންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ވިޔަފާރި ހިންގުމުގައި ހަރުދަނާ އުސޫލުތަކެއް...