އެލްޖީއޭގެ ބޯޑުގައި ކައުންސިލަރުންގެ ދައުރު ހިމަނަންޖެހޭ އިސްލާހެއް ހުށަހަޅައިފި
ކައުންސިލަރުންގެ ދައުރު ހިމެނޭގޮތަށް، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު ބަދަލު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މަޖިލީހަށް ހުށަހަޅައިފިއެވެ. އެ ކޮމިޓީން މިގޮތަށް ހުށަހަޅާފައިވަނީ، އެލްޖިއޭ އިން ކައުންސިލަރުން ސަސްޕެންޑް ކުރުމާއި، ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް ދިރާސާކުރުމަށްފަހު މަޖިލީހަށް ހުށަހެޅި ރިޕޯޓްގައެވެ. ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެ ރިޕޯޓްގައި ފާހަގަކޮށްފަ...