ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ނެގުމުގައި ކޮރޮޕްޝަން ނުހިމެނޭ ކަމަށް ދިވެހި ރާއްޖޭގެ އެންޓި ކޮރޮޕްޝަން ކޮމިޝަން، އޭސީސީ، އިން ނިންމައިފިއެވެ.

އޭސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހދ.ކުރިނބީ ސްކޫލަށް ޕްރިންސިޕަލަކު ހޯދުމަށް 16 ޑިސެންބަރ 2018 ގައި ކުރެވުނު އިޢުލާނާ ގުޅިގެން އެ ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނަގާފައިވާ ފަރާތް ނަގާފައިވަނީ ކޮރޮޕްޝަންގެ އަމަލެއްގެ ދަށުން ކަމަށް ހުށަހަޅާފައިވީނަމަވެސް، އެ ކޮމިޝަނުން ކުރި ތަޙްޤީޤުން މިފަދަ ކަމެއް ހާމަވެފައިނުވާ ކަމަށެވެ. އަދި މައްސަލަ ހުށަހެޅި ފަރާތަށް ވަޒީފާ ނުލިބުނީ ތަޢުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން، ވަޒީފާއަށް ހޮވުނު ފަރާތްތަށްވުރެ މަދުން ޕޮއިންޓް ލިބިފައިވާތީ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

Ad
rt

"ހދ.ކުރިނބީ ސްކޫލްގެ ޕްރިންސިޕަލްގެ ވަޒިފާއަށް އެދުނު 3 ފަރާތާ އިންޓަވިއުކޮށްފައިވާކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފޮނުއްވި ލިޔުންތަކުން އެނގެން އޮތީ 03 ޖަނަވަރީ 2019 ގައިކަމަށްވާތީއާއި އޭގެފަހުން އިންޓަވިއުކުރިކަމެއް އެނގެން ނެތަތީއާއި އިންޓަވިއުއިން މަތިން ޕޮއިންޓް ލިބިފައިވަނީ މި ޝަކުވާ ހުށަހެޅި ފަރާތަށް ކަމަށްވާތީއާއި ނަމަވެސް ތަޢުލީމުގެ ބައިންނާއި ތަޖުރިބާގެ ބައިން މަތިން ޕޮއިންޓް ލިބިފައިވަނީ އެހެން ފަރާތަކަށް ކަމަށްވާތީ އެ ވަޒީފާއަށް ހޮވިފައިވަނ ތަޢުލީމުގެ ބައިންނާއި ތަޖުރިބާގެ ބައިން މަތިން ޕޮއިންޓް ލިބުނު ކަމަށްވާތީއާއި އެފަރާތަށް ތަޢުލީމުގެ ބައިން ޝަކުވާ ހުށައެޅި ފަރާތަށްވުރެ މަތިން ޕޮއިންޓް ލިބިފައިވަނީ އޭނާއަކީ މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވާ މީހަކަށްވެފައި، ދެން އިން ފަރާތް ހާސިލުކޮށްފައިވާ އެންމެމަތީ ސެޓްފިކެޓަކީ ބެޗްލަރސް ޑިގްރީ ކަމަށްވާތީ، ޕޮއިންޓް ދިނުމުގައި މައްސަލައެއް އޮތްކަމަކަށް ނުފެންނާތީއާއި މި ވަޒީފާއަށް އެދުނު ފަރާތްތަކާ އިތުރު އިންޓަވިއުއެއް ކުރެ ވިފައިނުވާ ކަމަށާއި، މި ވަޒީފާއަށް އެއްވެސް މީހަކު އަދި ހަމަޖައްސާފައިނުވާކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފައިވާތީ ޤާނޫނު ނަންބަރު 2008/13( އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު( ގެ 25 ވަނަ މާއްދާގެ )ހ( ގެ )1 )ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއްކަމަށް ކަ ނޑައަޅައި، މި މައްސަލަ ވަނީ ނިންމާފައެވެ." އޭސީސީ އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އޭސީސީ އިން މި ދުވަސްވަރު ކޮރޮޕްޝަންގެ ގިނަ މައްސަލަތަކެއް ތަޙްޤީޤް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.