Skip to main content

އިބްރާހިމް އަސްވާޤް

Admin
🌐 Network-Wide Bureau
2,122 Stories
1,517 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް އަސްވާޤް

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް އިތުރު މިންގަނޑެއް ރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި
Raajje

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމަށް އިތުރު މިންގަނޑެއް ރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފި

ދިރިއުޅުމުގެ ޙާލަތު ވަޒަންކުރުމުގެ މިންގަނޑެއް ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭނުންކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން މިގޮތަށް ނިންމެވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މިކަމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ކަ...

މަކުނުދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި
Thiladhunmathi News

މަކުނުދޫ ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަނުން އެރަށު  ރައްޔިތުންނަށް އަމާޒުކޮށްގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. މި ފެބްރުއަރީ މަހުގެ 01 ން 15 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ މަކުނުދޫގައި ދިރިއުޅޭ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމުގެ ގޮތުންނާއި، ފުލުހުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރައްޔިތުންގެ އެދުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ކަސްރަތު ކު...

ދިރާގާއި އުރީދޫ ގުޅިގެން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ނިޒާމެއް ގާއިމްކުރަނީ
Business

ދިރާގާއި އުރީދޫ ގުޅިގެން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ނިޒާމެއް ގާއިމްކުރަނީ

ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލް ނިޒާމެއް ގާއިމްކުރުމަށް ދިރާގާއި އުރީދޫ އިން އެއްބަސްވެއްޖެ އެވެ. އުރީދޫ އިން އިއްޔެ އާންމުކޮށްފައިވާ އިއުލާނެއްގައި ބުނީ، ދިރާގުގެ އިތުރުން، ލަންކާގެ ޑައެލޮގް އެގްޒިއާޓާ ކުންފުންޏާ ގުޅިގެން ރާއްޖެ އާއި ލަންކާއާ ދެމެދު ފައިބަ އޮޕްޓިކް ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު ސޮއިކޮށްފައިވާ ކަމަށެވެ. މި މަޝްރޫއަށް އުރީދޫ އިން ގިނަވެގެން ނުވަ މިލިއަން ޑޮލަރު ހަރަދުކުރާނެކަމަށް ބުނ...

ހިޔާ މަޝްރޫޢަށް ޝަރުޠު ހަމަވެ، ޙާލަތު ބެލުމަށް ނުގުޅިހުރި ފަރާތްތަކުގެ ނަންބަރު ފޮނުވަން އެދެފި
Raajje

ހިޔާ މަޝްރޫޢަށް ޝަރުޠު ހަމަވެ، ޙާލަތު ބެލުމަށް ނުގުޅިހުރި ފަރާތްތަކުގެ ނަންބަރު ފޮނުވަން އެދެފި

ހިޔާ މަޝްރޫޢަށް ޝަރުޠު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން އެ ބޭފުޅުންގެ ފޯނު ނަންބަރު ފޮނުއްވައިދެއްވުމަށް އެދިވަޑައިގެންފި އެވެ. ހިޔާ މަޝްރޫޢު”އަށް ޝަރުޠު ހަމަވާ މީހުންގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށް މިހާތަނަށް ފޯނުން ނުގުޅިހުރި ފަރާތްތަކުން އެ ބޭފުޅުންގެ ފޯނު ނަންބަރު ފޮނުއްވައި ދެއްވުމަށް “ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީ” ގެ އެދިވަޑައިގެންނެވުމާއިއެކު އެކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނޫސްބަޔާނެއް ނެރުއްވައިފިއެވެ. މި ނޫ...

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި
Raajje

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ފުލުހުންގެ ނޯތު ޕޮލިސް ޑިވިޝަން (ނ ރ، ބ، ޅ އަތޮޅު ހިމެނޭ) ގައި ހިމެނޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖެއް ފިހާރަ އެއްގެ ސޭޓަކަށް އިންދާ، އެ ފިހާރަ އަށް އައި މީހެއް އެ އަންހެން ކުއްޖާ އާއި މެދު ޖިންސީ ގޯނަ ކުރި މައްސަލަ އެއް މިމަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. މި މައްސަލަ އާ ގުޅިގެން […]

ފެނަކައިން އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
Thiladhunmathi News

ފެނަކައިން އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފެނަކައިން ހއ އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ހއ އުތީމުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ. ނަސާ ލިންކް އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 7,030,106.48 ރުފިޔާއަށް މިއަހަރުގެ ނޮވެމްބަރ މަހުގެ 5 ވަނަދުވަހު ނިންމާ ގޮތަށެވެ. މިއެއްބަސް ވުމުގައި ނަސާ ލިންކްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ އަލީ އި...

ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް ނިންމާފައެއް ނުވޭ: މިނިސްޓްރީ
Raajje

ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް ނިންމާފައެއް ނުވޭ: މިނިސްޓްރީ

ކީރިތި ގުރުއާން އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަކީ އެޑިއުކޭޝަން މިނިސްޓްރީން އެއްވެސް އިރެއްގައި ވިސްނާފައިވާކަމެއް ނޫން ކަމަށް އެ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ އާ ގައުމީ މަންހަޖު އެކުލަވާލެވި ތަންފީޒުކުރަން ފެށިގެންދިއުމާއެކު ގްރޭޑް 1 އިން 10 އާއި ހަމައަށް މާއްދާއެއްގެ ގޮތުގައި ކީރިތި ގުރުއާން ކިޔަވާދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 2019 ވަނަ އަހަރު ގައުމީ މަންހަޖުގެ ކީ ސްޓޭޖް 4 މުޅިން އަލަށް ތަންފީޒުކުރެވިގެނ...

ހދ. އަތޮޅުގެ ތިން ރަށެއްގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި
Thiladhunmathi News

ހދ. އަތޮޅުގެ ތިން ރަށެއްގައި މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން މާހައުލެއް ޤާއިމު ކުރުމަށް ސްކޫލު ދަރިވަރުންނާއި، މުދައްރިސުން އަދި ބެލެނިވެރިން ހޭލުންތެރިކުރުމަށް ފުުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ ސްކޫލު، ހދ. ނެއްލައިދޫ ސްކޫލު އަދި ހދ. ނޮޅިވަރަންފަރު ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ހދ. އަތޮޅު ޕޮލިސް ސްޓޭޝަންތަކާއި އެރަށްރަށުގެ ސްކޫލުތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް...

އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި
Raajje

އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި

އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ހަދަން ސަރުކާރުން ނިންމައިފި އެވެ.   މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އާރަށް ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް، ހުށަހެޅުއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމިއްލަފުޅަށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، އާރަށް ހުރީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ވަރުގައި ކަމަށެވެ. އާރަށަކީ ރައީސުލްޖުމްހޫރިއްޔާގެ ރީޓްރީޓެއްގެ...

ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް އަށް ގުލްނާޒް މާހިރު
Raajje

ބީއެމްއެލްގެ ޑިރެކްޓާ އޮފް ކަސްޓަމާ ސާވިސް އަށް ގުލްނާޒް މާހިރު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމާ ސާވިސް ޑައިރެކްޓަރުގެ މަގާމަށް ގުލްނާޒް މާހިރު ހަމަޖައްސައިފި އެވެ. ގައުމީ ބޭންކުން ބުނީ ގުލްނާޒް އެ ބޭންކާއި ގުޅި ވަަޑައިގަތީ 13 އަހަރު ދުވަހު ކަސްޓަމާ އެކްސްޕީރިއަންސް މެނޭޖުމަންޓުގެ ދާއިރާގައި މަސައްކަތް ކުރެއްވުމަށް ފަހު ކަމަށެވެ. އޭގެ އިތުރުން ވެސް ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި ރެވެނިއުގެ ދާއިރާގައި ވެސް ޖުލްނާޒް މަސައްކަތް ކުރައްވާފައިވެއެވެ. ގުލްނާޒް ވަނީ އިކޮނޮމިކްސް އެންޑް ފައިނޭންސް ގެ ދާއިރާއިން ޔުނިވާސިޓީ އޮފް ބްރިސްޓަލް އިން […]

މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓަށް
Thiladhunmathi News

މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓަށް

މިހަފްތާގައި “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ވީޑިއޯ ނެގުމަށް ހަމަޖެހިފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުށީގައެވެ. އެޓީމުގެ ފަރާތުން މަޢުލޫމާރުދެއްވަމުން ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުގައި އިއްޔެ ކާމިޔާބުކަމާއިއެކު ސޫޓިން ނިންމާލާފައިވާކަމަށެވެ. ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީގެ ސޫޓިންގްތައް މިއަދު ނެ ގުމަށް ހަމަޖެހިފައިވަނީ އުލިގަމުގައެވެ. އުލިގަމުން އެޓީމު ދެން ދަތުރުކުރާނީ އެއަތޮޅު ހޯރަފުއްޓަށެވެ. މިދަތުރު އިނ...

މޫދަށް އެރި އުޅުނު 71 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ
Raajje

މޫދަށް އެރި އުޅުނު 71 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ

މޫދަށް އެރި އުޅުނު 71 އަހަރުގެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ. އަރި އަތޮޅުގައި އޮންނަ ކުރަމަތި ރިސޯޓް އިން ސްނޯރކުލިންގް އަށް ގޮސް އުޅުނު ސްޕެއިން ގެ 71 އަހަރުގެ ފިރިހެން ފަތުރުވެރި އަކު ނިޔާވެފައިވާ ކަމަށް 17:00 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯރޓް ކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ. މި ހާދިސާ އާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް ފުލުހުން ބުނެފައިވެއެވެ.

އަގުބޮޑުކޮށް މާސްކާއި ސެނިޓައިޒަރ ވިކާތީހިތާމަކުރަން - ހެޕީމާކެޓްއިން ވިއްކާނީ ލިބުނު އަގުގައި
Business

އަގުބޮޑުކޮށް މާސްކާއި ސެނިޓައިޒަރ ވިކާތީހިތާމަކުރަން - ހެޕީމާކެޓްއިން ވިއްކާނީ ލިބުނު އަގުގައި

ދިވެހިރާއްޖެއަށް ފުޅާދާއިރާއެއްގައި ކާބޯތަކެތި އެތެރެކުރާ ކުންފުންޏެއްކަމުގައިވާ ހެޕީމާރކެޓުން މާސްްކްތައް ވިއްކުމަށް ނިންމައިފިއެވެ. އެކުންފުނީގެ ފޭސްބުކް ޕޭޖްގައި ސީއީއޯ އަލީ އިހުސާން އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ އެކުންފުނިން އެތެރެކޮށް ވިއްކާ ބަލްކް ހޭންޑް ސެނިޓައިޒަރ ފުޅީގެ އަގު، ވިއްކޭނެ އެންމެ ކުޑަ އަގަކަށް ތިރިކޮށްފައިވާ ކަމަށެވެ. އަދި ސާޖިކަލް މާސްކް ޝިޕްމެންޓެއް އެތެރެކުރުމަށްފަހު އެ ލިބުނު އަގުގައި ރައްޔިތުންނަށް ވިއްކުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އިހުސާން ވިދާޅުވިއެވެ....

ކޮރޯނާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް މީޑިއާކައުންސިލް ގޮވާލައިފި
Raajje

ކޮރޯނާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް މީޑިއާކައުންސިލް ގޮވާލައިފި

ކޮރޯނާއާ ގުޅޭ ޚަބަރު ގެނެސްދިނުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށް މީޑިއާކައުންސިލް ގޮވާލައިފި އެވެ. ކޮރޯނާވައިރަސްއާއި ގުޅޭގޮތުން ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޤައުމީ މަސްލަޙަތު އިސްކުރުމަށާއި، ޢާއްމުންގެ މެދުގައި ބިރުވެރިކަން ފެތުރޭގޮތަށް ޢަމަލުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާތަކަށް އިލްތިމާސްކުރައްވައިފިއެވެ. އެކައުންސިލުން މިކަމަށް އިލްތިމާސްކުރައްވާފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ. އެބަޔާނުގައި ވިދާޅުވެފައިވަނީ ކޮރޯނާވައިރަހާ ގުޅިގެން މަޢުލޫމާތު ފެތުރުމުގައި ތަފާސް...

ކޮންމެހެން މާސްކު އަޅަންޖެހެނީ ކޮން ބައެއް؟
Report

ކޮންމެހެން މާސްކު އަޅަންޖެހެނީ ކޮން ބައެއް؟

ޑަބްލިއުއެޗްއޯއިން ހާމަކުރައްވާފައިވާ ގައިޑްލައިންގައިވާ ގޮތުން ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ކޮންމެހެން މާސްކު އަޅަންޖެހެނީ ނޭވާލާ ނިޒާމުގެ މައްސަލައެއް ހުންނަ މީހުންނާއި، ނޭވާލާ ނިޒާމުގެ ބައްޔެއްހުރި މީހަކަށް ފަރުވާދޭ ސިއްޙީ ޚިދުމަތްތެރިންނާއި، ނޭވާލާ ނިޒާމްގެ މައްސަލަ ހުންނަ މީހުންނާއި ކޮންމެހެން ބައްދަލު ކުރަންޖެހޭ މީހުންނަށެވެ. އަދި ނޭވާލާ ނިޒާމުގެ ބަލިތައް ނުވަތަ އެފަދަ ބައްޔެއްގެ ޢަލާމާތެއް މިސާލަކަށް ކެއްސުމާއެކު އަރިދަފުސްއައުމާއި ނޭފަތުން އަރިދަފުސް ފޭބުމާއި ކަރުގައި ރިއްސުން ނޭ...