ސާވިސްޗާޖް ދޭން މަޖުބޫރުކުރަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް
ވަޒީފާ އަދާކުރާ ފަރާތްތަކަށް ސާވިސް ޗާޖް ދޭން މަޖުބޫރު ވާނެ އިސްލާހެއް ވަޒީފާއާ ބެހޭ ގާނޫނަށް ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ހުށަހަޅައިފިއެވެ. މިއަދު މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި ވަޒީފާއާ ބެހޭ ގާނޫނަށް ސާވިސްޗާޖް އާ ގުޅޭ މާއްދާއެއް ވަނީ ހިމަނާފައެވެ. ވަޒީފާއާ ބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާ ދޭ ފަރާތަަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާނަމަ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ […]