އިސްރާއީލާ ދެކޮޅު ކެމްޕޭނާއި ގުޅިގެން ގެއްލުން ބޮޑުވެ ތުރުކީގައި ހުންނަ ލިޕްޓަންގެ ފެކްޓްރީތައް ވިއްކާލައިފި
އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުންދާތީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިނގަމުންދާ ބޮއިކޮޓް ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން، 39 އަހަރަށްވުރެ ގިނަ ދުވަހު ތުރުކީގައި ސައިގެ އުފެއްދުންތައް އުފައްދަމުން އައި ލިޕްޓަން ޓީޒް އެންޑް އިންފިއުޝަންސް ކުންފުނިން އެ ޤައުމުގައި ހުރި އެ ކުންފުނީގެ ދެ ސައި ފެކްޓަރީ ވިއްކާލައިފިއެވެ. މި ފެކްޓަރީތައް ވިއްކާލާފައިވަނީ ތުރުކީގެ ލޯކަލް ކުންފުންޏެއް ކަމަށްވާ އޮޒް-ގުރް ޗައި އަށެވެ. މި މުޢާމަލާތް ފުރިހަމަވުމަށް ތުރުކީގެ...