Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,277 Stories
4,873 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި ހަރަމްފުޅަށާއި ނަބަވީ މިސްކިތަށް އަޅުކަމަށް 68 މިލިއަން މީހުން
International

ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި ހަރަމްފުޅަށާއި ނަބަވީ މިސްކިތަށް އަޅުކަމަށް 68 މިލިއަން މީހުން

ހިޖުރީ ސަނަތުން 1447 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތެރޭގައި މައްކާގެ މަސްޖިދުލް ހަރާމްއާއި މަދީނާގެ މަސްޖިދުއްނަބަވީއަށް 68.7 މިލިއަން މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް ހަރަމައިން ޝަރީފައިންގެ ކަންތައްތަކާ ބެހޭ އާންމު އިދާރާއިން ހާމަކޮށްފިއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 2.1 މިލިއަން މީހުންގެ އިތުރުވުމެކެވެ. އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ގާތްގަނޑަކަށް 30 މިލިއަން މީހުން މަސްޖިދުލް ހަރާމަށް ޒިޔާރަތްކުރިއިރު، އޭގެ ތެރެއިން 94,700 މީހުން ހިޖްރު އިސްމާއީލްގައި ނަމާދުކޮށް...

ޝާރްޖާގެ މިސްކިތްތަކުގައި މަސައްކަތްކުރާ މީހުންނަކީ ޔޫއޭއީ ސަރުކާރުގެ ރަސްމީ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅައިފި
International

ޝާރްޖާގެ މިސްކިތްތަކުގައި މަސައްކަތްކުރާ މީހުންނަކީ ޔޫއޭއީ ސަރުކާރުގެ ރަސްމީ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅައިފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޝާރްޖާގެ މިސްކިތްތަކުގައި މަސައްކަތްކުރާ ހުރިހާ އިމާމުންނާއި މުއައްޒިނުންނަކީ މީގެ ފަހުން ސަރުކާރުގެ ރަސްމީ މުވައްޒަފުންގެ ގޮތުގައި ކަނޑައަޅައިފިއެވެ. މި ނިންމުމާއެކު، ސަރުކާރުގެ އެހެނިހެން މުވައްޒަފުންނަށް ލިބޭ ހުރިހާ އިނާޔަތްތަކާއި ފައިދާތަކެއް އެ ފަރާތްތަކަށް ވެސް ކަށަވަރުވެގެންދާނެއެވެ. ޝާރްޖާގެ ވެރިޔާ، ސުޕްރީމް ކައުންސިލްގެ މެންބަރު ޝައިޚް ޑރ. ސުލްޠާން ބިން މުޙައްމަދު އަލް ޤާސިމީ ނެރުއްވި އަމުރުފުޅެއްގައިވަނީ، އެ އިމާރާތުގެ މިސްކިތްތަކުގެ ހުރިހާ އިމާ...

އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމް އިން ވެސް ބައިވެރިވެއްޖެ
International

އިސްރާއީލާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމް އިން ވެސް ބައިވެރިވެއްޖެ

އިސްރާއީލުން ގައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ހިންގަމުން އަންނާތީ،  ދެކުނު އެފްރިކާއިން ބައިނަލްއަޤްވާމީ ޢަދުލު އިންސާފުގެ ކޯޓު (އައި.ސީ.ޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ބެލްޖިއަމްއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ. އދ. ގެ އެންމެ މަތީ ކޯޓުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައްސަލައިގެ ތެރެއަށް ވަނުމަށް ބެލްޖިއަމްއިން ހުށަހަޅާފައިވާ ކަމަށެވެ. ބެލްޖިއަމްގެ އިތުރުން ބްރެޒިލް، ކޮލަމްބިއާ، އަޔަލޭންޑް، މެކްސިކޯ، ސްޕެއިން އަދި ތުރުކީ ފަދަ ގައުމުތަކުން ވެސް ވަނީ މި މ...

އިމްރާން ޚާނާއި އަނބިކަނބަލުންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
International

އިމްރާން ޚާނާއި އަނބިކަނބަލުންގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އާއި އެކަނބަލުންގެ އަނބިކަނބަލުން ބުޝްރާ ބީބީގެ މައްޗަށް، ދައުލަތުގެ އަގުހުރި ހަދިޔާތައް ގަވާއިދާ ޚިލާފަށް ބޭނުންކޮށް އަދި ވިއްކުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، އެ ޤައުމުގެ ކޯޓަކުން 17 އަހަރުގެ ޖަލު ހުކުމެއް ކޮށްފިއެވެ. ހޮނިހިރު ދުވަހު އިއްވި މި ހުކުމުގެ އަސްލަކީ، އިމްރާން ޚާން ބޮޑުވަޒީރުކަން ކުރެއްވި ދުވަސްވަރު ލިބިވަޑައިގެންނެވި ދައުލަތުގެ އަގުހުރި ހަދިޔާތައް، ޤާނޫނާ ޚިލާފަށް ބޭނުންކޮށް، މާކެޓް އަގަށްވުރެ މާ ދަށް އަގުގައި ވިއްކާލާފައިވާ ކަމުގެ...

މުސްލިމު އަންހެނެއްގެ ބުރުގާ ދަމައިގަތް ބިހާރުގެ ޗީފް މިނިސްޓަރާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި
International

މުސްލިމު އަންހެނެއްގެ ބުރުގާ ދަމައިގަތް ބިހާރުގެ ޗީފް މިނިސްޓަރާއި ދެކޮޅަށް މައްސަލަ ހުށަހަޅައިފި

އިންޑިއާގެ ޖައްމޫ އެންޑް ކަޝްމީރުގެ ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (ޕީޕީޑީ) ގެ ލީޑަރު އިލްތިޖާ މުފްތީ، ބިހާރުގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ. މި މައްސަލަ ހުށަހަޅާފައިވަނީ، ހުކުރު ދުވަހުއެވެ. އެއީ ބިހާރުގެ ޗީފް މިނިސްޓަރު މުސްލިމް އަންހެން ޑޮކްޓަރެއްގެ ބުރުގާ ދަމާގަތް މައްސަލާގައެވެ. ނަމަވެސް ޗީފް މިނިސްޓަރާއި ދެކޮޅަށް ދެކޮޅަށް ޖައްމޫ ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރު މަހެބޫބާ މުފްތީގެ ދަރިކަނބަލެއްކަމަށްވާ އިލްތިޖާ މުފްތީ ހުށަހެޅުއްވި މި މައްސަލައ...

ހަސީނާގެ ވެރިކަން ބަދަލުކުރުމުގެ ހަރަކާތުގެ ލީޑަރު މަރާލުމުން ބޮޑު ހަމަނުޖެހުމަކަށް
International

ހަސީނާގެ ވެރިކަން ބަދަލުކުރުމުގެ ހަރަކާތުގެ ލީޑަރު މަރާލުމުން ބޮޑު ހަމަނުޖެހުމަކަށް

ބަންގްލަދޭޝްގައި މިދިޔަ އަހަރު އެގައުމުގެ އެއިރުގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާގެ ވެރިކަން ބަދަލުކުރުމަށް ހިންގި ދަރިވަރުންގެ ހަރަކާތުގެ އިސް ޒުވާން ލީޑަރ ޝަރީފް އޮސްމާން ހާދީ މަރުވުމާ ގުޅިގެން، އެ ޤައުމުގައި ހަމަނުޖެހުން ހިންގަންފަށައިފިއެވެ. ހާދީ، (32 އަހަރު) އަށް ޑާކާގައި މިދިޔަ ހަފްތާގައި ދިން ބަޑީގެ ހަމަލާއެއްގައި ޒަޚަމްވެ، ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާދެމުންދަނިކޮށް ބުރާސްފަތި ދުވަހު ވަނީ މަރުވެފައެވެ. އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުން ބުނާގޮތުގައި، ހާދީ މަރުވުމާއި ގުޅިގެން އެތައްސަތޭ...

ބަންގްލަދޭޝްގެ ދަރިވަރުންގެ މުޒާހަރާތަކުގެ ލީޑަރު ގަޔަށް ބަޑިޖެހުމުން ފަރުވާދެނިކޮށް މަރުވެއްޖެ
International

ބަންގްލަދޭޝްގެ ދަރިވަރުންގެ މުޒާހަރާތަކުގެ ލީޑަރު ގަޔަށް ބަޑިޖެހުމުން ފަރުވާދެނިކޮށް މަރުވެއްޖެ

ބަންގްލަދޭޝްގައި 2024 ވަނަ އަހަރު ދަރިވަރުން އިސްވެގެން ހިންގި ހަރަކާތްތަކުގެ އިސް ލީޑަރެއް ކަމަށްވާ ޝަރީފް އޮސްމާން ބިން ހާދީ، އޭނާއަށް ދިން ހަމަލާއެއްގައި ޒަޚަމްވެގެން ސިންގަޕޫރުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާކަމަށް އެ ގައުމުގެ އޮފިޝަލުން ބުރާސްފަތި ދުވަހު ބުނެފިއެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޑޮކްޓަރުންގެ ބުރަ މަސައްކަތްތަކަށް ނުކުޅެދި، ހާދީ ވަނީ އޭނާގެ ޒަޚަމްތަކަށް ކެތް ނުކުރެވި މަރުވެފައިކަމަށެވެ. 32 އަހަރުގެ ހާދީ އަކީ ދަރިވަރުންގެ މުޒާހަރާ...

އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިން އަހުމަދުގެ އިތުރު ތިން ސާޖަރީއެއް ހަދަން ޖެހިދާނެ: ޢާއިލާ
International

އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިން އަހުމަދުގެ އިތުރު ތިން ސާޖަރީއެއް ހަދަން ޖެހިދާނެ: ޢާއިލާ

އޮސްޓްރޭލިޔާގެ ސިޑްނީގެ ބޮންޑީ ބީޗުގައި އާދީއްތަ ދުވަހު ދެ ބަފައިން ވެގެން ބަޑީގެ ހަމަލާދިން ވަގުތު އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އަހުމަދު އަލް އަހްމަދުގެ ގަޔަށް ވަޒަން އަރައި ލިބުނު އަނިޔާއަށް ހޮސްޕިޓަލްގައި ހެދި ސާޖަރީއަށްފަހު މަޑުމަޑުން ހާލު ރަނގަޅުވަމުން އަންނައިރު، އިތުރު ދެތިން ސާޖަރީ އަދި ހަދަންޖެހިދާނެކަމަށް ޢާއިލާ އާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އޮސްޓްރޭލިއާގެ ސިޑްނީގެ މޭވާ ފިހާރައެއްގެ ވެރިއެއް ކަމަށްވާ، އުމުރުން 43 އަހަރުގެ އަހުމަ...

ސަޢޫދީގެ ވަލީއަހުދު 10 ބިލިއަން ޔޫރޯއަށް ބާސެލޯނާ ބައްލަވައިގަނެފާނެ: ރިޕޯޓު
Sports

ސަޢޫދީގެ ވަލީއަހުދު 10 ބިލިއަން ޔޫރޯއަށް ބާސެލޯނާ ބައްލަވައިގަނެފާނެ: ރިޕޯޓު

ސަޢޫދީ އަރަބިއްޔާގެ ވަލީއަހުދު، ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން، ޔޫރަޕުގެ އެންމެ ތާރީޚީ ކްލަބުތަކުގެ ތެރޭގައި ހިމެނޭ އެފް.ސީ ބާސެލޯނާ ގަތުމަށް 10 ބިލިއަން ޔޫރޯއާ ގާތްކުރާ ބޮޑު ހުށަހެޅުމެއް ހުށަހަޅުއްވަން ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަމަށް ސްޕެއިނުގެ ފުޓްބޯޅަ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. ސްޕެއިނުގެ ޝޯވ އެލް ޗިރިންގީޓޯ ގައި ވާހަކަ ދައްކަވަމުން ނޫސްވެރިޔާ ފްރާންސުއާ ގަލާޑޯ ވަނީ، ވަލީއަހުދު ބާސެލޯނާ ގަތުމަށް 10 ބިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއްގެ ބިޑެއް ތައްޔާރުކުރައްވަމުން ގެންދަވާ ކަމ...

އޮސްޓްރޭލިއާ ހަމަލާ: އެކަކު އަތުން ބަޑިއަތުލައި އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނީ މުސްލިމެއް
International

އޮސްޓްރޭލިއާ ހަމަލާ: އެކަކު އަތުން ބަޑިއަތުލައި އެތައް ބަޔެއްގެ ފުރާނަ ސަލާމަތްކޮށްދިނީ މުސްލިމެއް

އޮސްޓްރޭލިއާގެ ސިޑްނީގައި ޔަހޫދީންގެ ދީނީ ބޮޑު އީދެއްގެ ތެރޭގައި ދިން ބަޑިޖެހުމުގެ ހަމަލާއެއްގައި މަދުވެގެން 16 މީހުން މަރުވި ހާދިސާގައި، އިތުރު ބަޔެއްގެ ފުރާނަ ގެއްލުނަނުދީ، ފުރާނަ ސަލާމަތްކޮށްދިން ހިތްވަރުގަދަ އާންމު މީހަކަށް ދަނީ ވަރަށް ބޮޑަށް ތަޢުރީފު އޮހެމުންނެވެ. މި މީހާއަކީ ސިޑްނީގައި ދިރިއުޅޭ މުސްލިމެއް ކަމަށް އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި، މި ”ހީރޯ” އަކީ އެ ހާދިސާ ހިނގިއިރުނ ކާރު ޕާކެއްގެ […]

ކަލްކަތާގައި މެސީގެ އިވެންޓް އިންތިޒާމުކުރި މީހާ ހައްޔަރުކޮށްފި
International

ކަލްކަތާގައި މެސީގެ އިވެންޓް އިންތިޒާމުކުރި މީހާ ހައްޔަރުކޮށްފި

އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ބޭއްވި ‘ލިއޮނަލް މެސީ ގޯޓް އިންޑިއާ ޓުއަރ 2025’ އިވެންޓަށް ފަހު ހިނގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން، އެ އިވެންޓްގެ އިންތިޒާމްކުރި ސަތަދްރު ދައްތާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އިވެންޓްގެ އިންތިޒާމްތައް ދެރަކަމަށް ބުނެ އާންމުންގެ ރުޅިވެރިކަން ވަރަށް ބޮޑަށް ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. މި އިވެންޓް ނިމުމާއެކު ހަމަނުޖެހުންތައް ހިނގިތާ ގަޑިއިރުތަކެއް ފަހުން، ކަލްކަތާ ފުލުހުން ވަނީ ދައްތާ އެ...

އިންޑިއާގައި މެސީގެ ސަޕޯޓަރުން ރުޅިގަދަވެ ހަމަނުޖެހުން ހިންގައި ސްޓޭޑިއަމަށް ގެއްލުންދީފި
Sports

އިންޑިއާގައި މެސީގެ ސަޕޯޓަރުން ރުޅިގަދަވެ ހަމަނުޖެހުން ހިންގައި ސްޓޭޑިއަމަށް ގެއްލުންދީފި

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި، އާޖެންޓީނާގެ ލިއޮނަލް މެސީ އިންޑިއާ އަށް މިހާރު ކުރަމުންގެންދާ ދަތުރުގައި ކަލްކަތާގައި އޭނާ ބައިވެރިވި ޕްރޮމޯޝަނަލް ހަރަކާތެއްގައި، އޭނާ އަވަހަށް އެތަނުން ފޮނުވާލުމާ ގުޅިގެން ސަޕޯޓަރުން ރުޅިގަދަވެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ހަމަނުޖެހުން ހިންގައި، ގޮނޑިތަކަށް ގެއްލުންދީ އަދި ދަނޑަށް ފުޅިފަދަ ތަކެތި އުކައިފިއެވެ. މި ހާދިސާގެ ސަބަބުން އިވެންޓަށް ހާޒިރުވި އެތައް ހާސް ސަޕޯޓަރުންނަށް ވަރަށް ބޮޑު ނާއުންމީދެއް ލިބިގެންދިޔައެވެ. އާޖެންޓީނާގެ ކުޅުންތެރިޔާ އަދި އ...

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް، ބައެއް ހިސާބުތަކަށް 10 ފޫޓަށްވުރެ އުސް ސުނާމީއެއްގެ އިންޒާރު
International

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް، ބައެއް ހިސާބުތަކަށް 10 ފޫޓަށްވުރެ އުސް ސުނާމީއެއްގެ އިންޒާރު

ޖަޕާނުގެ އުތުރު-އިރުމަތީ ކަނޑުގެ ސަރަހައްދަށް ހޯމަ ދުވަހު 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައުމާއި ގުޅިގެން، އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް ސުނާމީގެ އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި އިންޒާރާ އެކު، ރައްކާތެރި ހިސާބުތަކަށް ދިޔުމަށް އެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވަނީ އަންގާފައެވެ. ޖަޕާނުގެ މޫސުމާބެހޭ އެޖެންސީ ޖޭއެމްއޭ އިން ލަފާކުރާ ގޮތުގައި، އިވާޓޭ، އާއޮމޮރީ އަދި ހޮކައިޑޯގެ ބައެއް ހިސާބުތަކަށް 3 މީޓަރަށް (10 ފޫޓަށް) ވުރެ އުސް ސުނާމީއެއް އެރުން އެކަށީގެންވެއެވެ....

ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ދައްކާ ވާހަކަ ހުއްޓައެއްނުލާނަން: އދ.ގެ ވެރިޔާ
International

ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް ދައްކާ ވާހަކަ ހުއްޓައެއްނުލާނަން: އދ.ގެ ވެރިޔާ

ފަލަސްތީނުގެ މައްސަލައަށް ހައްލު ހޯދުމަށް، ދެ ދައުލަތުގެ ހައްލެއް ހޯދުމުގެ މުސްތަޤްބަލާ ބެހޭގޮތުން އޭނާ ވާހަކަ ދެއްކެވުން ހުއްޓައިނުލައްވާނެ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެއެވެ. ގުޓެރޭސް މި ވާހަކަފުޅު ދެއްކެވީ ހުކުރު ދުވަހު ބޭއްވި 2025 ވަނަ އަހަރުގެ އ.ދ. ގެ ރެހަމް އަލް-ފައްރާ (އާރްއޭއެފް) ފެލޯޝިޕްގެ ސެޝަނެއްގައެވެ. އެތަނުގައި އޭނާ ޒުވާން ނޫސްވެރިންނަށް އިންޒާރު ދެއްވަމުން ވިދާޅުވީ، މިހާރު ދުނިޔެއަށް ކުރިމަތިވަމުން މިދަނީ ހަނގުރާމަތަކާއި، މޫސުމަށް އަންނަ ބަދަލުތަ...

ފޭވަރިޓް ގަތަރަށް ނާކާމިޔާބު، ފަލަސްތީނު ޢަރަބް ކަޕްގެ ކުއާޓަރ ފައިނަލަށް
Sports

ފޭވަރިޓް ގަތަރަށް ނާކާމިޔާބު، ފަލަސްތީނު ޢަރަބް ކަޕްގެ ކުއާޓަރ ފައިނަލަށް

އޭޝިއާގެ ޗެމްޕިއަން ގަތަރު، ޓިއުނީޝިއާ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ، ފީފާ ޢަރަބް ކަޕް 2025 އިން ކަޓައިފިއެވެ. މި ނަތީޖާއާއެކު، ސީރިއާއާ ދެކޮޅަށް ކުޅުނު މެޗު 0-0 އިން އެއްވަރުވެގެން ފަލަސްތީނު ވަނީ އެންމެ ފުރަތަމަ ފަހަރަށް މުބާރާތުގެ ކުއާޓަރ ފައިނަލުގެ ފުރުސަތު ހޯދާފައެވެ. މުބާރާތް ބާއްވާ ގައުމުކަމަށްވާ ފޭވަރިޓް ގަތަރު، ގްރޫޕް އޭ އިން ކުރިއަށް ދިއުމަށްޓަކައި ޓިއުނީޝިއާ އަތުން ބޮޑު ތަފާތަކުން މޮޅުވާން މަޖުބޫރުވެފައިއޮތްއިރު، ގްރޫޕްގެ އެންމެ ކުރީގައި އޮތީ ފަލަސްތީނާއި […]