އީރާނު ހަނގުރާމަ އާއި އެމެރިކާގެ 60% މީހުން ދެކޮޅު، ޓްރަމްޕްގެ ތާއީދު ރެކޯޑް މިންވަރަކަށް ދަށަށް
ފެބްރުއަރީ 28، 2026 ގައި އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދިން ވަރުގަދަ ވައިގެ ހަމަލާތަކާއެކު (އޮޕަރޭޝަން އެޕިކް ފިއުރީ)، އެމެރިކާއިން ވަނީ އީރާނާއެކު ސީދާ އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައެވެ. މި ހަމަލާތަކުގައި އީރާނުގެ ލީޑަރޝިޕް (ސްޕްރީމް ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުން ހިމެނޭހެން)، ނިއުކްލިއަރ އަދި މިސައިލް އުފައްދާ މަރުކަޒުތަކާއި، އަސްކަރީ އިންފްރާސްޓްރަކްޗަރަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ. އަދި މީނާބް ސްކޫލަށާއި، ބައެއް ކޮލެޖް ޔުނިވަރސިޓީތަކަށާއި، އަސާސީ އިންފްރާސްޓަކްޗަރ ހިމެނޭހެނ...