Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,280 Stories
6,883 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

އިޒްރޭލާއި ދެކޮޅަށް އަޑުއުފުލި ޕޮލެންޑްގެ އެމްޕީއަށް އަދަބު، އޭނާ ވިދާޅުވީ އަދާކުރެއްވީ ޒިންމާއެއްކަމަށް
International

އިޒްރޭލާއި ދެކޮޅަށް އަޑުއުފުލި ޕޮލެންޑްގެ އެމްޕީއަށް އަދަބު، އޭނާ ވިދާޅުވީ އަދާކުރެއްވީ ޒިންމާއެއްކަމަށް

ޕޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމަށްވާ ކޮންރަޑް ބާކޮވިޗް، މެދުއިރުމަތީގައި އިޒްރޭލުން ހިންގަމުންދާ އަސްކަރީ އަމަލުތަކަށް ފާޑުކިޔުމުގެ ސަބަބުން އޭނާއާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާކަމަށް ވިދާޅުވެއްޖެއެވެ. މި ހާދިސާ ހޫނުވެފައިވަނީ މަޖިލީހުގެ ތެރޭގައި އޭނާ ދެއްކެވި ހަރުކަށި ވާހަކަތަކަކާއި، އިޒްރޭލުގެ ދިދައަށް ބަދަލު ގެނެސްގެން ދެއްކެވި އަމަލަކާ ގުޅިގެންނެވެ. ޕޮލެންޑުގެ ގާނޫނު ހަދާ މަޖިލީހުގެ (ސެޖްމް) ތިރީގޭގައި ދާދިފަހުން ބޭއްވި ބައްދަލުވުމެއްގައި، ކޮންރަޑް ބާކޮވިޗް ވަނީ އިޒްރޭލުގ...

ފަލަސްތީނަށް ތާއީދުކުރާ އެމްޕީ ރީމާ އަށް އެގައުމުގެ ފުލުހުން ފާރަލަމުންދާކަން ފަޅާއަރައިފި
International

ފަލަސްތީނަށް ތާއީދުކުރާ އެމްޕީ ރީމާ އަށް އެގައުމުގެ ފުލުހުން ފާރަލަމުންދާކަން ފަޅާއަރައިފި

ފަލަސްތީނަށް ތާއީދުކުރައްވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރެއް ކަމަށްވާ ރީމާ ޙަސަނަށް ފަރަންސޭސި ފުލުހުން ސިއްރުން ފާރަލަމުންދިޔަކަން ފަޅާއަރައި، ފެންމަތިވި ރިޕޯޓަކާ ގުޅިގެން، ފަރަންސޭސި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. ބައިނަލްއަގްވާމީ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަރަންސޭސިވިލާތުގެ ތަޙުޤީޤީ ނޫހެއް ކަމަށްވާ ‘މީޑިއާޕާޓް’ އިން ވަނީ ރީމާ ޙަސަންގެ ފޯނު ލޮކޭޝަން މެދުވެރިކޮށް، އޭނާ ދާ ތަންތަނާއި ދުވަހުގެ ތާވަލު ފުލުހުން ވަރަށް ގާތުން ބަލަމުން ގޮސްފައިވާކަން ހާމަކޮށްފަ...

އީރާންގެ ޔުރޭނިއަމްގެ ބަދަލުގައި އެގައުމަށް އެމެރިކާއިން ހިފަހައްޓާފައިވާ 20 ބިލިއަން ޑޮލަރު
International

އީރާންގެ ޔުރޭނިއަމްގެ ބަދަލުގައި އެގައުމަށް އެމެރިކާއިން ހިފަހައްޓާފައިވާ 20 ބިލިއަން ޑޮލަރު

އީރާނުން ފައްކާކޮށްފައިވާ ޔުރޭނިއަމްތައް ދޫކޮށްލުމުގެ ބަދަލުގައި، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 20 ބިލިއަން ޑޮލަރުގެ އެސެޓްތައް ދޫކޮށްލުމަށް އެމެރިކާ ސަރުކާރުން ވިސްނަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ އެކްސިއޯސް ނިއުސް އައުޓްލެޓުން ރިޕޯޓްކޮށްފިއެވެ. މި މަޝްވަރާތަކަކީ ފެބްރުއަރީ 28 ގައި ފެށުނު ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް ތިން ސަފުހާގެ ފްރޭމްވޯކެއްގެ ދަށުން ކުރިއަށްދާ މަޝްވަރާތަކެކެވެ. މި ހަފްތާގައި ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި ކުރިއެރުންތަކ...

ހޯރްމޫޒް ކަނޑުއޮޅި ރަސްމީކޮށް އަލުން ހުޅުވާލައިފި
International

ހޯރްމޫޒް ކަނޑުއޮޅި ރަސްމީކޮށް އަލުން ހުޅުވާލައިފި

ހޯރްމޫޒް ކަނޑުއޮޅި މިއަދު ރަސްމީކޮށް އަލުން ހުޅުވާލައިފިކަން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މިއަދު އިޢުލާން ކުރައްވައިފިއެވެ. ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި ވިޔަފާރި އުޅަނދުފަހަރަށް މިހާރު މި ކަނޑުއޮޅި ވަނީ “މުޅިން ހުޅުވާލެވިފައެވެ.” މިއީ ސަރަހައްދުގެ މަސްރަޙު ފިނިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވޭއިރު، ތެހެރާނުން މިކަން ސިފަކުރަނީ ލުބުނާނުގެ ހަމަލާބަދަލުކުރުން ހުއްޓާލުމާ ގުޅިފައިވާ ކަމެއްގެ ގޮތުގައެވެ. ނަމަވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޕާ...

ޔަހޫދީން ކަށިނަރު ދަމާފައި ހުރުމުން ފަލަސްތީނުގެ ކުދިންނަށް ސްކޫލަށް ނުދެވުނު
International

ޔަހޫދީން ކަށިނަރު ދަމާފައި ހުރުމުން ފަލަސްތީނުގެ ކުދިންނަށް ސްކޫލަށް ނުދެވުނު

އިސްރާއީލުން ހިސާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ މަގުތަކުގައި ގަދަކަމުން ވަޒަންވެރިވެގެން އުޅޭ ޔަހޫދީ ކަށިނަރު ދަމާފައި ހުރުމުގެ ސަބަބުން، ފަލަސްތީނުގެ އެތައް ކުދިންނަކަށް މި ހަފުތާގައި ސުކޫލަށް ނުދެވި މަޑުކުރަން ޖެހިއްޖެއެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް، ހެބްރޯން ސިޓީ ކައިރީގައި އޮންނަ އުއްމު އަލް-ޚައިރު އަވަށުގެ ކުދިން ހޯމަ ދުވަހު ސުކޫލަށް ދާން މަސައްކަތް ކުރިއެވެ. ނަމަވެސް، ކައިރީގައި އޮންނަ ކާމަލް އާބާދީގެ އިސްރާއީލްގެ ޔަހޫދީން އެ...

އީރާނުގެ އަސްކަރީ ގާބިލުކަން އަދިވެސް ވަރަށް ވަރުގަދަ: އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ
Raajje

އީރާނުގެ އަސްކަރީ ގާބިލުކަން އަދިވެސް ވަރަށް ވަރުގަދަ: އެމެރިކާގެ އިންޓެލިޖެންސް އެޖެންސީ

އީރާނުގެ އަސްކަރީ ގާބިލުކަން ބޮޑުތަނުން ދަށްކޮށްލެވިފައިވީ ނަމަވެސް، އެގައުމުގެ އަތުގައި ބާކީ ހުރި ހަތިޔާރުތަކަކީ އަދިވެސް ދުޝްމަނުންނަށް ވަރުގަދަ ނުރައްކަލެއްކަން އެމެރިކާގެ އަސްކަރީ އަދި އިންޓެލިޖެންސް އިސް އޮފިޝަލުން ކަށަވަރުކޮށްދީފައެވެ. މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އެޖެންސީ (ޑީއައިއޭ) އިންނެވެ. 16 އޭޕްރީލް، ބުރާސްފަތި ދުވަހު، ޑީއައިއޭ ގެ ޑައިރެކްޓަރު، މެރިން ލެފްޓިނަންޓް ޖެނެރަލް ޖޭމްސް އެޑަމްސް، ހައުސް އާމްޑް ސާވިސަސް ސަބްކޮމިޓީގައި ހެކިބަސް ދެއްވަމުން ވިދާޅުވ...

އިސްރާއީލް-ލުބުނާން 10 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ
International

އިސްރާއީލް-ލުބުނާން 10 ދުވަހަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެއްޖެ

ފާއިތުވި ދުވަސްތަކުގައި އިސްރާއީލާއި ލުބުނާނާ ދެމެދު ހިނގަމުންދިޔަ ވަރުގަދަ އަސްކަރީ ކުރިމަތިލުންތަކަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން، 10 ދުވަހުގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ. 16 އެޕްރީލް 2026 ގައި އިއުލާންކުރި މި އެއްބަސްވުމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން އާދެވުނު އެއްބަސްވުމެއްކަމަށް ޓަރަމްޕް ވަނީ ބުނެފައެވެ. މި ނިންމުން ނިންމާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ވޮޝިންގޓަންގައި އިސްރާއީލާއި...

އެމެރިކާ އަށްވުރެ އީރާނުގެ ބުއްދި މާކުރީގައި، ބްލޮކޭޑަށް ފަހު ވެސް 9 މިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓްކޮށްފި
International

އެމެރިކާ އަށްވުރެ އީރާނުގެ ބުއްދި މާކުރީގައި، ބްލޮކޭޑަށް ފަހު ވެސް 9 މިލިއަން ފީފާގެ ތެޔޮ އެކްސްޕޯޓްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށް، އެމެރިކާގެ ކަނޑުގެ ސިފައިން އެ ސަރަހައްދު ހިސާރުކުރި ފަހުން އީރާނުން އަންނަނީ ގަލްފް އޮފް އޮމާން މެދުވެރިކޮށް ސިއްރިއްޔާތުގައި ތެޔޮ އެކްސްޕޯޓް ކުރަމުންކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެމެރިކާއިން ވަނީ ޕާކިސްތާނުގައި ބޭއްވި މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އީރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކޮށް އެއްވެސް އުޅަނދަކަށް ވަދެ ނުނިކުމެވޭ ގޮތަށް ހަދާފައިވާކަމަށް ބުނެފައެވެ. ނަމަވެސް، ތެޔޮ އުފުލާ އުޅަނދުފަހަރުގެ ހަރަކާތްތ...

ޖީއެމް އާއި ފޯޑް ފަދަ ކުންފުނިތައް މެދުވެރިކޮށް ހަތިޔާރު އުފެއްދުމަށް ޓްރަމްޕް ސަރުކާރުން މަޝްވަރާ ފަށައިފި
International

ޖީއެމް އާއި ފޯޑް ފަދަ ކުންފުނިތައް މެދުވެރިކޮށް ހަތިޔާރު އުފެއްދުމަށް ޓްރަމްޕް ސަރުކާރުން މަޝްވަރާ ފަށައިފި

އެމެރިކާގެ ބޮޑެތި އޮޓޯމޯބައިލް ކުންފުނިތަކާއި ސިނާއީ އުފެއްދުންތެރިންގެ ވަސީލަތްތައް ބޭނުންކޮށްގެން ހަތިޔާރާއި އަސްކަރީ ސާމާނު އުފެއްދުމަށް ޓްރަމްޕްގެ ސަރުކާރުން އިބްތިދާއީ މަޝްވަރާތައް ފަށާފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓްކޮށްފިއެވެ. 15 އެޕްރީލް 2026 ގައި ޝާއިއުކުރި މި ރިޕޯޓުގައިވާ ގޮތުން، މި ފިޔަވަޅުގެ މަގުސަދަކީ އެމެރިކާގެ ދިފާއީ ސިނާއީ ބިންގާ “ހަނގުރާމައިގެ ހާލަތަކަށް” ތައްޔާރުކުރުމެވެ. އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުން ދިފާއީ ދާއިރާގެ އިސް އޮފިޝަލުން ވަނީ މި މަސައްކަތުގެ...

އީރާން ''ޔަގީނުން ވެސް'' ވޯލްޑް ކަޕްގައި ކުޅޭނެ: ފީފާގެ ރައީސް
Sports

އީރާން ''ޔަގީނުން ވެސް'' ވޯލްޑް ކަޕްގައި ކުޅޭނެ: ފީފާގެ ރައީސް

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާއި ދެކޮޅަށް ހަނގުރާމައެއް ކުރަމުންދިޔަ ނަމަވެސް، މި އަހަރުގެ އޮންނަ ވޯލްޑް ކަޕްގައި އީރާން “ޔަގީނުންވެސް” ބައިވެރިވާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުދަ ދުވަހު ވިދާޅުވެއްޖެއެވެ. ފެބްރުއަރީ 28 ގައި ފެށުނު މި ހަނގުރާމަ އާއި ގުޅިގެން، އޭޝިއާގެ އެންމެ މޮޅު އެއް ޓީމުގެ ގޮތުގައި 2025 ވަނަ އަހަރުގެ މާރިޗު މަހު ވޯލްޑް ކަޕުން ޖާގަ ހޯދި އީރާނަށް، އެ މުބާރާތުގައި ކުޅުމުގެ ގާބިލުކަމާއި އިޚްތިޔާރު އޮތްތޯ ވަނީ ސުވާލު އުފެދިފައެވެ. […]

އެމެރިކާ އަށް އީރާނު ބްލޮކް ކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: އީރާން
International

އެމެރިކާ އަށް އީރާނު ބްލޮކް ކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް: އީރާން

އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ބްލޮކްކޮށް، ކަނޑުގެ ސަރަހައްދު ކޮންޓްރޯލް ކުރަން ފެށުމާ ގުޅިގެން، އެމެރިކާއަށް އީރާނު ބްލޮކް ކުރެވޭނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށް އީރާނުން ބުނެފިއެވެ. އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި އެ ގައުމުން ވަނީ އެމެރިކާގެ މި އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު، ނަތީޖާއެއް ނުނިކުންނާނެ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.   މި ނުތަނަވަސްކަން އުފެދުނީ ޕާކިސްތާނުގައި ކުރިއަށްދިޔަ އެމެރިކާ-އީރާން ސުލްހައިގެ ވާހަކަތައް ނާކާމިޔ...

އެމެރިކާއިން ކިތަންމެ ފިއްތުމެއް ކުރިމަތިކުރިޔަސް އީރާނު ހަނގުރާމާގައި ބައިވެރިއެއް ނުވާނަން: އިނގިރޭސިވިލާތް
International

އެމެރިކާއިން ކިތަންމެ ފިއްތުމެއް ކުރިމަތިކުރިޔަސް އީރާނު ހަނގުރާމާގައި ބައިވެރިއެއް ނުވާނަން: އިނގިރޭސިވިލާތް

އެމެރިކާއިން ކިތަންމެ ވަރަށް ފިއްތުންތައް ކުރިމަތިކޮށް އިންޒާރު ދިން ނަމަވެސް، އީރާނާއެކު ކުރާ ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ނުވަންނާނެ ކަމުގެ ޔަގީންކަން ބޮޑުވަޒީރު ކިއަރ ސްޓާމަރ ދެއްވައިފިއެވެ. ސްޓާމަރ ވިދާޅުވީ އީރާނުގައި ކުރާ “މި ހަނގުރާމައިގެ ތެރެއަށް އިނގިރޭސިވިލާތް ދަމައިގަނެވުނަ ނުދޭނެ” ކަމަށާއި، މި ނިންމެވުމަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ. އިނގިރޭސި ބޮޑުވަޒީރު މިހެން ވިދާޅުވީ، ރަސްގެފާނު އެމެރިކާއަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. މި ދަތުރ...

އީޔޫ-އިސްރާއީލު އެއްބަސްވުން ސަސްޕެންޑް ކުރުމަށް ގޮވާލައި ޔޫރަޕްގެ މިލިއަނަކަށްވުރެ ގިނަ މީހުން ސޮއިކޮށްފި
International

އީޔޫ-އިސްރާއީލު އެއްބަސްވުން ސަސްޕެންޑް ކުރުމަށް ގޮވާލައި ޔޫރަޕްގެ މިލިއަނަކަށްވުރެ ގިނަ މީހުން ސޮއިކޮށްފި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިސްރާއީލާ ދެމެދު އޮންނަ “އެސޯސިއޭޝަން އެގްރީމަންޓް” މުޅިން މެދުކަނޑާލުމަށް ގޮވާލައި ފެށި ޕެޓިޝަނެއްގައި، އެ މަސައްކަތް ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި އެއް މިލިއަނަށްވުރެ ގިނަ މީހުން ސޮއިކޮށްފިއެވެ. މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނާ ގުޅިގެން ޔޫރަޕްގެ ރައްޔިތުންގެ މެދުގައި އޮތް ނުރުހުން ހާމަވެގެންދިޔަ ބޮޑު ހަރަކާތެކެވެ. ޔޫރަޕިއަން ކޮމިޝަންގެ “ސިޓިޒަންސް އިނީޝިއޭޓިވްސް” ޕްލެޓްފޯމުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޕެޓިޝަނުގައި ސޮއ...

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އެމެރިކާ-އީރާނުގެ މަޝްވަރާތައް އަލުން ފެށިދާނެ: ޓްރަމްޕް
International

ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭ އެމެރިކާ-އީރާނުގެ މަޝްވަރާތައް އަލުން ފެށިދާނެ: ޓްރަމްޕް

އޭޕްރިލް 11-12، 2026 ގެ ބަންދު ދުވަސްތަކުގައި ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ފުރަތަމަ މަރުހަލާގެ މަޝްވަރާތައް ނާކާމިޔާބުވުމަށްފަހު، ކުރިއަށް އޮތް “ދެ ދުވަހެއްގެ ތެރޭގައި” ޕާކިސްތާނުގައި އެމެރިކާ އާއި އީރާނުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށިދާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ. ނިއުޔޯކް ޕޯސްޓަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، “ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ކަމެއް ހިނގައިދާނެތީ” އަދި އެމެރިކާ އިން އެކަމަށް ބޮޑަށް ލެނބޭތީ، ޑ...

އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލައިފި
International

އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލައިފި

އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް އިތުރުވަމުންދާތީ، އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ވިދާޅުވެއްޖެއެވެ. އިޓަލީން އިސްރާއީލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލާފައިވާކަން ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އާއި ޑިޕްލޮމެޓިކް މަސްދަރުތަކުން އަންގާރަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމުގެ ދަށުން އަސްކަރީ ސާމާނާއި ޓެކްނޮލޮޖީގެ ދިރާސާތ...