ބޭނުންވަނީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރެވޭނެ ދާއިމީ ހައްލެއް، ޓްރަމްޕް ހަދަނީ ހުސްދޮގު: އީރާން
އީރާނުން ބޭނުންވަނީ ހަނގުރާ ވަގުތީގޮތުން މެދުކަނޑާލުމެއްގެ ބަދަލުގައި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި ސަރަހައްދީ ހަމަޖެހުން ގާއިމުކުރެވޭނެ ފަދަ ދާއިމީ ހައްލެއް ކަމަށާއި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަދަނީ ހުސް ދޮގުކަމަށްބުނެ އީރާނުގެ ފޮރިން މިނިސްޓްރީއާއި އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ވަރުގަދަ ރައްދެއް ދީފިއެވެ. އީރާނުން ބުނެފައިވަނީ ހަނގުރާމަ ހުއްޓާލުމަށް އެ ގައުމުން އެދުނު ކަމަށް ބުނެ ޓްރަމްޕް ހައްދަނީ ބޮޑު ދޮގެއް ކަމަށާއި، ހަގީގަތުގައި ހަނގުރާމަ ހުއްޓާލަން ބޭނުންވެގެން އުޅެނ...