Skip to main content

ނާޒިމާ އަލީ

Contributor
🇲🇻 ތިލަދުން Desk
1,280 Stories
6,924 Reads

Published on ތިލަދުން (Thiladhun) by ނާޒިމާ އަލީ

ފެންގަނޑެއްގެ ކުލަ ބަދަލުކުރުމަށް ޓްރަމްޕް 6.9 މިލިއަން ޑޮލަރު ޚަރަދުކޮށްފި
International

ފެންގަނޑެއްގެ ކުލަ ބަދަލުކުރުމަށް ޓްރަމްޕް 6.9 މިލިއަން ޑޮލަރު ޚަރަދުކޮށްފި

އެމެރިކާގެ ވެރިރަށް ވޮޝިންގޓަންގައި ހުންނަ އެންމެ ތާރީޚީ އަދި މަޝްހޫރު އެއް ބިނާ ކަމަށްވާ ލިންކަން މެމޯރިއަލްގެ ކުރިމަތީގައި އޮންނަ “ރިފްލެކްޓިންގ ޕޫލް” ނުވަތަ ފެންގަނޑުގެ ކުލަ ބަދަލުކުރުމަށް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި ޚަރަދުތަކާއި އެ މަސައްކަތް ހަވާލުކުރި ގޮތާ މެދު ސިޔާސީ ގޮތުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެއްޖެއެވެ. މި މަޝްރޫޢަކީ އެމެރިކާއަށް 250 އަހަރު ފުރުމުގެ މުނާސަބަތަށް ތައްޔާރުވުމުގެ ގޮތުން، ޓްރަމްޕްގެ ސަރުކާރުން ވަރަށް އަވަސް ދުވެއްޔެއްގައި ކުރިއަށް ގެންދިޔަ މަރާމާތުގެ މަސައ...

އިނގިރޭސި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ގޮވާލައްވައިފި
International

އިނގިރޭސި ބޮޑުވަޒީރުގެ އިސްތިއުފާއަށް ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ގޮވާލައްވައިފި

މިދިޔަ ހަފުތާގައި އިނގިރޭސިވިލާތުގައި ބޭއްވި އިންތިޚާބުތަކުން ލޭބަރ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ ގުޅިގެން، އެ ޤައުމުގެ ބޮޑުވަޒީރު ކީރް ސްޓާމަރ އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ 50 އަށްވުރެ ގިނަ މަޖިލިސް މެންބަރުން ގޮވާލައްވައިފިއެވެ. ހޯމަ ދުވަހު މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބޮޑުވަޒީރު ކީރް ސްޓާމަރ މަގާމުން ވަކިވުމަށް އެދި ޕާޓީގެ ތެރެއިން ދަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވަމުންނެވެ. ނަމަވެސް، ހޯމަ ދުވަހުގެ ކުރީކޮޅު ދެއްވި ތަޤުރީރެއްގައި ސްޓާމަރ ވިދާޅުވީ، އޭނާ މަގާމުން ދޫކޮށްލު...

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކޮށްފި
International

ފިލިޕީންސްގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކޮށްފި

ފިލިޕީންސްގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސް އިން އެ ގައުމުގެ ނައިބު ރައީސް ސާރާ ޑުޓާޓޭ ދެވަނަ ފަހަރަށް އިމްޕީޗް ކުރުމަށް ފާސްކޮށްފިއެވެ. ހޯމަ ދުވަހު ބޭއްވި މި ވޯޓުގައި، ހާޒިރުވެ ތިއްބެވި 290 މެންބަރުންގެ ތެރެއިން 257 މެންބަރުން ވަނީ ޑުޓާޓޭ މަގާމުން ވަކިކުރުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. މިއީ މައްސަލަ ސެނެޓަށް ފޮނުވުމަށް ބޭނުންވާ ތިންބައިކުޅަ އެއްބައިގެ ވޯޓަށްވުރެ މާ ބޮޑު އަޣުލަބިއްޔަތެކެވެ. ނައިބު ރައީސް ޑުޓާޓޭއާ ދެކޮޅަށް ހުށަހެޅިފައިވާ މައިގަނޑު ތުހުމަތުތަކުގެ ތެރޭގައި ދައުލަތުގެ […]

ޣައްޒާ ގަތުލުއާންމާއި ގުޅޭ ޑޮކިއުމެންޓްރީ އަށް ބާފްޓާ އެވޯޑް، ބީބީސީއަށް ބޮޑު ފާޑުކިޔުމެއް
International

ޣައްޒާ ގަތުލުއާންމާއި ގުޅޭ ޑޮކިއުމެންޓްރީ އަށް ބާފްޓާ އެވޯޑް، ބީބީސީއަށް ބޮޑު ފާޑުކިޔުމެއް

ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީ ސިފައިން ހިންގަމުންދާ ލޭއޮހޮރުވުމުގެ ތެރޭ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ދެމުންދާ ހަމަލާތައް ތިލަކޮށްދޭ ޑޮކިއުމެންޓްރީ “ޣައްޒާ: ޑޮކްޓާޒް އަންޑާ އެޓޭކް” ވަނީ ބާފްޓާ ޓީވީ އެވޯޑްސްގެ ކަރަންޓް އެފެއާޒް ކެޓަގަރީ ކާމިޔާބުކޮށްފިއެވެ. ހޮނިހިރު ދުވަހު ލަންޑަންގެ ރޯޔަލް ފެސްޓިވަލް ހޯލްގައި ބޭއްވި ހަފްލާގައި ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކުރި ނަމަވެސް، ފިލްމު ހަދައިދިން ފަރާތްތަކުން ވަނީ ހަފްލާ ތެރޭ ހަރުކަށިކަމާ އެކު ބީބީސީ ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔައި ވާހަކަ...

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ
International

އެމެރިކާގެ ހުށަހެޅުމަށް އީރާނުން ދިން ޖަވާބު މިފަހަރުވެސް ޓްރަމްޕަށް ކަމަކުނުދިޔަ

އެމެރިކާ އާއި އިސްރާއީލުން އިސްވެ ފެބްރުއަރީ 28 ގައި އީރާނާއި ދެކޮޅަށް ފެށި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އެންމެ ފަހުން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދިން ޖަވާބު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ގަބޫލުނުކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ‘ޓްރޫތު ސޯޝަލް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުގެ މަންދޫބުން ފޮނުވި ޖަވާބު ކިޔުއްވާފައިވާ ކަމަށާއި، އެ ޖަވާބު ކަމުނުދާ ކަމަށެވެ. “އީރާނުގެ މަންދޫބުން ކަމަށް ބުނާ ފަރާތްތަކ...

ތަމަޅަ ސުޕަސްޓާރު ވިޖޭ އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކުރައްވައިފި
International

ތަމަޅަ ސުޕަސްޓާރު ވިޖޭ އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރުކަމުގެ ހުވާކުރައްވައިފި

އިންޑިއާގެ ތަމަޅަ ފިލްމީ ދާއިރާގެ މަޝްހޫރު ތަރި، ސީ. ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ) އިންޑިއާގެ ތަމަޅަނާޑޫ ސްޓޭޓްގެ އާ ޗީފް މިނިސްޓަރުކަމުގެ ހުވާ އިއްޔެ ކުރައްވައިފިއެވެ. ވިޖޭ މި މަގާމުގެ ހުވާ ކުރައްވާފައިވަނީ އިންތިޚާބަށްފަހު އެ ސްޓޭޓްގެ ސިޔާސީ މަސްރަހުގައި އުފެދުނު ނުތަނަވަސްކަމާއި ދެބަސްވުންތަކަށް ނިމުމެއް ގެނައުމަށްފަހުގައެވެ. އުމުރުން 51 އަހަރުގެ ވިޖޭ ދާދިފަހުން އުފެއްދި “ތަމަޅަގަ ހެޓްރީ ކަޒަގަމް” (ޓީވީކޭ) ޕާޓީން ވަނީ މިދިޔަ ހަފުތާގައި ބޭއްވި އިންތިޚާބުގައި 108 ގޮނޑި ކާމިޔާބުކޮށްފައެވެ. ޖުމްލަ...

ފަލަސްތީނު އާއިލާއަކަށް ބިރުދައްކައި، އެ އާއިލާގެ ބައްޕަގެ މަހާނަކޮނެ ހަށިގަނޑު ނެގުމަށް މަޖުބޫރުކުރުވައިފި
International

ފަލަސްތީނު އާއިލާއަކަށް ބިރުދައްކައި، އެ އާއިލާގެ ބައްޕަގެ މަހާނަކޮނެ ހަށިގަނޑު ނެގުމަށް މަޖުބޫރުކުރުވައިފި

އިސްރާއީލުން ފޭރިގެންފައިވާ ހުޅަނގު އައްސޭރީގައި، އިސްރާއީލުގެ ހަރުކަށި ޔަހޫދީންތަކެއް ފަލަސްތީނުގެ އާއިލާއަކަށް ބިރުދައްކައި، އެ އާއިލާގެ ބައްޕަގެ ހަށިގަނޑު ވަޅުލާފައި އޮތް މަހާނައިން ނެގުމަށް މަޖުބޫރުކުރުވައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޖެނީން ކައިރީގައި އޮންނަ އަސާސާ އަވަށުގެ ގަބުރުސްތާނެއްގައެވެ. މިއީ ޖައްބާރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އަލުން އާބާދުކޮށްފައިވާ އިސްރާއީލުގެ ވަޒަންވެރިންގެ އާބާދީއަކާ ކައިރީގައި އޮންނަ ސަރަހައްދެކެވެ. އުމުރުން 80 އަހަރުގެ ހުސައިން އަސާސާ ނިޔާވީ މިދިޔ...

އީރާނާ ހަނގުރާމަ ކުރުމަށް އިސްރާއީލުން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ވަނީ ގާއިމުކޮށްފައި: ރިޕޯޓު
International

އީރާނާ ހަނގުރާމަ ކުރުމަށް އިސްރާއީލުން އިރާގުގައި ސިއްރު އަސްކަރީ މަރުކަޒެއް ވަނީ ގާއިމުކޮށްފައި: ރިޕޯޓު

އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ވައިގެ މަގުން ދޭ ހަމަލާތަކަށް ތައްޔާރުވެ ރޭވުމަށްޓަކައި، އިސްރާއީލުން އިރާގުގެ ސަހަރާ ސަރަހައްދެއްގައި ސިއްރު އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ކަމަށް “ވޯލް ސްޓްރީޓް ޖާނަލް” އިން ރިޕޯޓްކޮށްފިއެވެ. މި މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި، މި މަރުކަޒަކީ ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެމެރިކާއަށްވެސް އެނގިގެން ބިނާކުރި ތަނެކެވެ. މި ތަނަކީ އިސްރާއީލުގެ ޚާއްޞަ ސިފައިންނާއި ވައިގެ ސިފައިންނަށް ބޭނުންވާ ލ...

ހޯރްމުޒް ކަނޑުއޮޅީގެ އަޑީގައިވާ އިންޓަނެޓް ކޭބަލްތަކުގެ ކޮންޓްރޯލް ނަގަން އީރާނުން ނިންމައިފި
International

ހޯރްމުޒް ކަނޑުއޮޅީގެ އަޑީގައިވާ އިންޓަނެޓް ކޭބަލްތަކުގެ ކޮންޓްރޯލް ނަގަން އީރާނުން ނިންމައިފި

ހޯރްމުޒް ކަނޑުއޮޅީގެ ކަނޑުގެ ސަތަހައިގެ ކޮންޓްރޯލް ހޯދުމުގެ އިތުރުން، އެ ސަރަހައްދުގެ ކަނޑުގެ އަޑީގައި އަޅާފައިވާ ބައިނަލްއަގުވާމީ “ޑިޖިޓަލް އިންފްރާސްޓްރަކްޗާ” ނުވަތަ އިންޓަނެޓް ކޭބަލްތަކުގެ ފުރިހަމަ ބާރުވެރިކަން ހޯދުމަށް އީރާނުން އާ އިސްތިރާތީޖީއެއް އެކުލަވާލައިފިއެވެ. 2026 ވަނ އަހަރުގެ މޭ މަހުގެ ތެރޭގައި އީރާނުގެ ފާސް ނިއުސް އާއި ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ އެ ގައުމުން ފަށާފައިވާ “ސްޓްރެއިޓް އޮތޯރިޓީ” އިސްނެގުމުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ. “ކޭބަލް ޓޯލް”...

ލަންކާގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ބުދު ދީނުގެ އިސް ފާދިރީއަކާއި އެހީތެރިވެދިން މަންމަ ހައްޔަރުކޮށްފި
International

ލަންކާގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ބުދު ދީނުގެ އިސް ފާދިރީއަކާއި އެހީތެރިވެދިން މަންމަ ހައްޔަރުކޮށްފި

ސްރީލަންކާގެ އެންމެ ނުފޫޒުގަދަ އަދި އިސް ބުދު ދީނުގެ ފާދިރީއަކު، 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފިއެވެ. މިއީ އެ ގައުމުގެ ދީނީ އިސްވެރިއަކާ ދެކޮޅަށް މިފަދަ ސީރިއަސް ތުހުމަތެއް ކުރެވި ހައްޔަރުކުރެވުނު އެންމެ މަތީ ފަންތީގެ މައްސަލައެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 71 އަހަރުގެ ޕައްލެގަމަ ހެމަރަތަނާ އެވެ. އޭނާ ހައްޔަރުކުރީ ވެރިރަށް ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލެއްގައި ފަރުވާ ހޯދަމުން ދަނިކޮށް ހޮނިހިރު ދުވަހުއެވެ. އޭނާ ހޮސްޕިޓ...

މަސްކްގެ 1.5 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ފަނޑިޔާރު ''ރަބަރު ސްޓޭމްޕް'' ޖަހައިނުދިން
International

މަސްކްގެ 1.5 މިލިއަން ޑޮލަރުގެ އެއްބަސްވުމުގައި ފަނޑިޔާރު ''ރަބަރު ސްޓޭމްޕް'' ޖަހައިނުދިން

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކާއި އެމެރިކާގެ ސެކިއުރިޓީޒް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އާ ދެމެދު ވެފައިވާ 1.5 މިލިއަން ޑޮލަރުގެ ސުލްހައިގެ އެއްބަސްވުން ވަގުތުން ފާސްކޮށްދިނުމަށް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ދެކޮޅު ހައްދަވައިފިއެވެ. ވޮޝިންޓަން ޑީސީގެ ޔޫއެސް ޑިސްޓްރިކްޓް ޖަޖް ސްޕާކްލް ސޫކްނާނަން ހުކުރު ދުވަހު ނިންމެވީ، މި އެއްބަސްވުމަކީ އިންސާފުވެރި އަދި ދެފަރާތަށް ވެސް ހަމަހަމަ އެއްބަސްވުމެއްތޯ ކަށަވަރު ކުރުމަށް އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވ...

އީރާނުގެ ޚާރްޖް އައިލެންޑް ކައިރީ ކަނޑުގައި 45 އަކަ ކިލޯމީޓަރުގެ ތެޔޮ ފަށަލައެއް
International

އީރާނުގެ ޚާރްޖް އައިލެންޑް ކައިރީ ކަނޑުގައި 45 އަކަ ކިލޯމީޓަރުގެ ތެޔޮ ފަށަލައެއް

އީރާނުގެ ތެޔޮ އެކްސްޕޯޓްކުރާ މައި މަރުކަޒު ކަމަށްވާ ޚާރްޖް އައިލެންޑް ކައިރިން ކަނޑުގެ ބޮޑު ސަރަހައްދަކަށް ތެޔޮ އެޅިފައިވާކަން ސެޓެލައިޓް ފޮޓޯތަކުން މި ހަފުތާގައި ފާހަގަކުރެވިއްޖެއެވެ. ޔޫރަޕްގެ ކޮޕަރނިކަސް ސެންޓިނަލް ސެޓެލައިޓްތަކުން މެއި 6 އިން 8 އަށް ނަގާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، 8 ކިލޯމީޓަރުގެ ދިގުމިން ހުންނަ މި ރަށުގެ ހުޅަނގު ފަރާތުން ކަނޑުގެ ސަރަހައްދުގައި އަޅި އަދި ހުދު ކުލައިގެ ބޮޑު ތެޔޮ ފަށަލައެއް ވަނީ އުފެދިފައެވެ. ކޮންފްލިކްޓް އެންޑް އެންވަޔަރަންމަންޓް އޮބްޒާވެޓަރީގެ […]

ހަންޓާ ވައިރަސް: ކޮވިޑް-19 ފަދަ ބޮޑު ބަލިމަޑުކަމެއްތަ؟
Report

ހަންޓާ ވައިރަސް: ކޮވިޑް-19 ފަދަ ބޮޑު ބަލިމަޑުކަމެއްތަ؟

ހަންޓާ ވައިރަސް އަކީ މީދަލާއި ފަހި ފަދަ ތަކެތީގެ ޒަރީއާއިން ފެތުރޭ ވައިރަސްތަކުގެ ގުރޫޕެކެވެ. މި ބަލި އިންސާނުންގެ ގަޔަށް އަރަނީ މީދަލުގެ ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާ ތަކެތި ނުވަތަ ކުޅުގައި ހުންނަ ވައިރަސްގެ ކުދިކުދި މާއްދާތައް ނޭވާލުމުގެ ތެރެއިން ހަށިގަނޑަށް ދިއުމުންނެވެ. ހާއްސަކޮށް ބަންދުކޮށްފައި ހުންނަ ނުވަތަ ހިރަފުސް ގަދަ ތަންތަނުގައި މި ނުރައްކާ ބޮޑެވެ. މި ވައިރަސްގެ ސަބަބުން ޖެހޭ މައިގަނޑު ބަލިތައްހަންޓާ ވައިރަސްގެ ސަބަބުން މައިގަނޑު ދެ ބައްޔެއް ފެތުރެއެވެ: ހަންޓާ ވައިރަސް […]

ސައުދީ ކިންގްސް ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފި
Sports

ސައުދީ ކިންގްސް ކަޕްގެ ޗެމްޕިއަންކަން އަލް ހިލާލުން ހޯދައިފި

ހުކުރު ދުވަހު ކުޅުނު ސައުދީ ކިންގްސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗުގައި އަލް ޚުލޫދު 2-1 އިން ބަލިކޮށް، މުބާރާތުގެ ތަށި އަލް ހިލާލުން އުފުލާލައިފިއެވެ. މިއީ އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ އެ ކުލަބާ ހަވާލުވި ފަހުން ހޯދި ފުރަތަމަ ކާމިޔާބީއެވެ. މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަލް ޚުލޫދުން ވަނީ ލަނޑެއް ޖަހައި ސިއްސުވާލާފައެވެ. އާޖެންޓީނާގެ ފޯވާޑް ރާމީރޯ އެންރީކޭ މި ލަނޑު ކާމިޔާބުކުރީ އަލް ހިލާލްގެ ގޯލްކީޕަރު ޔާސީން ބޫނޫ ކައިރިން […]

އިޒްރޭލުގެ ލާއިންސާނީ އަނިޔާގެ ތެރޭގައި ވެސް ފަލަސްތީނުގެ ބައިނަލްއަގުވާމީ މެރެތަން ބާއްވައިފި
International

އިޒްރޭލުގެ ލާއިންސާނީ އަނިޔާގެ ތެރޭގައި ވެސް ފަލަސްތީނުގެ ބައިނަލްއަގުވާމީ މެރެތަން ބާއްވައިފި

ފަލަސްތީނުގެ ބައިނަލްއަގުވާމީ 10 ވަނަ މެރެތަން، އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބެތުލެހެމްގައާއި، ޔަހޫދީންގެ އަނިޔާވެރި ހަމަލާތައް އަމާޒުވަމުންދާ ގާޒާގައި އެއްވަގުތެއްގައި ބާއްވައިފިއެވެ. ގާޒާގައި މި ދުވުން ބާއްވާފައިވަނީ އިޒްރޭލުގެ އުދުވާނުގެ ސަބަބުން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހުގައެވެ. ހުކުރު ދުވަހުގެ ހެނދުނު ރާއްޖެގަޑިން 9:00 (ފަލަސްތީނުގަޑިން ހެނދުނު 6:00) ގައި ފެށި މި މެރެތަންގައި ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ބައިނަލްއަގުވާމީ ދުވުންތެރިން ބައިވެރިވިއެވެ. 42 ކިލޯމ...