އިޒްރޭލުން ޣައްޒާއަށް ދިން ރަހުމުކުޑަ ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރު އަލް-ހައްދާދު ޝަހީދުކޮށްލައިފި
އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާގެ ރިމާލް އަވަށުގެ މީހުން ދިރިއުޅޭ އިމާރާތަކަށް ރޭ ދިން ވަރުގަދަ ވައިގެ ހަމަލާއެއްގައި، ހަމާސްގެ އަސްކަރީ ގޮފިކަމަށްވާ އަލް-ގައްސާމް ބްރިގޭޑްސްގެ ޖެނެރަލް ކޮމާންޑަރު އިއްޒުއްދީން އަލް-ހައްދާދު (އަބޫ ސުހައިބު) ޝަހީދުކޮށްލައިފިއެވެ. 2026 މެއި 15 ވީ ހުކުރު ދުވަހުގެ ރޭ ދިން މި ހަމަލާގައި، ކޮމާންޑަރު އަލް-ހައްދާދުގެ އިތުރުން އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅު ވެސް ވަނީ ޝަހީދުވެފައެވެ. ޣައްޒާގެ ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި މި ހަމަލާގައި ޖުމްލަ 7 މީހުން ޝަހީދުވެފަ...