އިސްރާއީލުގެ ޖަރީމާތައް ހާމަކޮށްދޭތީ އަލްބަނީޒްއަށް ސްޕެއިން ސަރުކާރުން މަތީ ޝަރަފް
ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޖަރީމާތައް ރިޕޯޓްކޮށް، އެކަންކަން ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި އަދާކުރަމުންދާ މުހިންމު ދައުރަށްޓަކައި، އދ. ގެ ޚާއްޞަ ރެޕަޓުއަރ ފްރާންސެސްކާ އަލްބަނީޒްއަށް ސްޕެއިން ސަރުކާރުން މަތީ ޝަރަފެއް އަރުވައިފިއެވެ. ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ބުރާސްފަތި ދުވަހު އަލްބަނީޒްއަށް އަރުވާފައިވަނީ އެ ޤައުމުގެ މަދަނީ މަތީ ޝަރަފެއް ކަމަށްވާ “އޯޑަރ އޮފް ސިވިލް މެރިޓް” އެވެ. މި ޝަރަފަކީ ދައުލަތަށާއި މުޖުތަމަޢަށް އާދަޔ...