ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީގައި ބަޑިޖެހި މީހަކު މަރާލައިފި
އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ސެކިއުރިޓީ ޗެކްޕޮއިންޓެއް ކައިރީގައި ހަތިޔާރު ހިފައިގެން ހުރެ އޮފިސަރުންނަށް ހަމަލާދިން މީހަކު، ސީކްރެޓް ސާވިސްގެ އޮފިސަރުން ދިން ރައްދު ހަމަލާތަކުގައި މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެ އިރުއޮއްސި 6 ޖަހާކަންހާއިރު 17 ވަނަ މަގާއި ޕެންސިލްވޭނިއާ އެވެނިއު ގުޅޭ ސަރަހައްދުގައި ހުންނަ ޗެކްޕޮއިންޓެއްގައެވެ. ސީކްރެޓް ސާވިސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮތަޅަކުން ބަޑިއެއް ނެގުމަށްފަހު އޮފިސަރުންނަށް އަމާޒުކޮށް އެ މީހާ ހަމަލާދޭން ފެށުމުން...