ހޫތީންނަށް އަމާޒުކޮށް ޔަމަނުގެ ހުދައިދާ ބަނދަރަށް ސައުދީން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި
ޔަމަނުގެ ހޫތީންގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ހުދައިދާ ޕްރޮވިންސަށް އަމާޒުކޮށް ސައުދީ އަރަބިއްޔާއިން އިއްޔެ ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ އެ ސިޓީގެ ބަނދަރާއި ކައިރި ސަރަހައްދުތަކަށެވެ. ރިޕޯޓްތައް ބުނާގޮތުން ސައުދީގެ ވައިގެ ސިފައިން ވަނީ ހޫތީން ބޭނުންކުރާ ހަތިޔާރު ގުދަންތަކަށާއި، ދައުލަތުގެ މުވާސަލާތީ މަރުކަޒުތަކަށް ހަމަލާދީފައެވެ. މީގެ އިތުރުން ހުދައިދާ ކައިރީގައި އޮންނަ ކަމަރާން ޖަޒީރާއަށް ވެސް މި ހަމަލާތަކުގެ އަސަރު ވަނީ ކޮށްފައެވ...