ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ސްޕޭން ޓީމު ތަށި ހިފައިގެން އެނބުރި ގައުމަށް، ހޫނު މަރުޙަބާއެއް
ފޯރިގަދަ ކުޅުމަކަށްފަހު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިންގެ ފިރިހެން ފުޓްބޯޅަ ޓީމު އެނބުރި ގައުމަށް އައުމުން، އެ ގައުމުގެ ރަސްކަމުގެ އާއިލާއާއި އާންމު ރައްޔިތުންގެ ފަރާތުން ކުލަގަދަ މަރުޙަބާއެއް ކިޔައިފިއެވެ. ހޯމަ ދުވަހު ސްޕެއިންގެ 26 ކުޅުންތެރިންގެ ސްކޮޑް މެޑްރިޑަށް އައުމުން، އެންމެ ފުރަތަމަ މަރުޙަބާ ދެންނެވީ ރަސްކަމުގެ އާއިލާގެ ބޭފުޅުންނެވެ. އޭގެ ފަހުން ޓީމުގެ ކުޅުންތެރިން ވަނީ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްއާ ބައްދަލުކުރައްވާފައެވެ. މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި، މަތި ހާމައަށް ހުރި ބަހެއް...