ނަތަންޔާހޫއާ ދެކޮޅަށް ފަލަސްތީނަށް ތާއީދުކުރާ އެކްޓިވިސްޓުން ވައިޓް ހައުސް ކުރިމަތީގައި މުޒާހަރާކޮށްފި
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ވޮޝިންޓަނަށް ކުރާ ދަތުރާއި ދިމާކޮށް، ފަލަސްތީނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ވައިޓް ހައުސް ކުރިމަތީގައި ހޯމަ ދުވަހު މުޒާހަރާކޮށްފިއެވެ. މި މުޒާހަރާ ބާއްވާފައިވަނީ ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ވަގުތާ ދިމާކޮށެވެ. މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަތައް ހޫރުވައި، އިސްރާއީލަށް އެމެރިކާއިން ދޭ އެހީތެރިކަމަށް ފާޑުކިޔައި ޝުއޫރުތައް ފާޅުކޮށްފައެވެ. މުޒާހަރާގައި ބޭނުންކުރި ބޯޑުތަކުގަ...