އީރާނުގެ ކަރަންޓު ވިއުގައަށް ހަމަލާދީފިނަމަ ރައްދު ހަމަލާދޭނެ ތަންތަނުގެ ލިސްޓް ނެރެފި
އެމެރިކާ ނުވަތަ އިޒްރޭލުން އީރާންގެ ކަރަންޓް ވިއުގައަށް އަމާޒުކޮށް ނުވަތަ އީރާނަށް އާ ހަމަލާތަކެއް ދީފިނަމަ، އިޒްރޭލާއި އަރަބި ގައުމުތަކުގައި ހުރި ދުނިޔޭގެ އެންމެ މުހިންމު ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް އީރާނުން އިންޒާރު ދީފިއެވެ. އީރާނުގެ ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުރިހާ ތަންތަނަކީވެސް އީރާނުގެ ސީދާ އަމާޒަށް ވާސިލްވާ މިސައިލްތަކުގެ ރޭންޖުގެ ތެރޭގައި ހިމެނޭ ތަންތަނެވެ. ހަމަލާގެ އަމާޒުފަތްގަނޑަކަށް ވެދާނެ މުހިންމު ސަރަހައްދުތައް އީރާނުން ފާހަގަކޮށްފަ...