އޮސްޓްރޭލިއާއިން ޓެލެގްރާމް 640،000 ޑޮލަރުން ޖޫރިމަނާކޮށްފި
އޮސްޓްރޭލިއާގެ އޮންލައިން ސޭފްޓީ ކޮމިޝަނުން، މެސެޖިންގ ޕްލެޓްފޯމް ޓެލެގްރާމް 640،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1 މިލިއަން އޮސްޓްރޭލިއަން ޑޮލަރު) އިން ޖޫރިމަނާކޮށްފިއެވެ. މި ޖޫރިމަނާ ކުރީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި ހަރުކަށި ފިކުރުގެ މައްސަލަތައް ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭ ސުވާލުތަކަށް ޖަވާބުދިނުން ލަސްކުރުމުންނެވެ. އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނުން 2024 ގެ މާރިޗު މަހު ޔޫޓިއުބް، އެކްސް (ކުރީގެ ޓްވިޓަރ)، ފޭސްބުކް، ޓެލެގްރާމް އަދި ރެޑިޓްއަށް ސުވާލުތަކެއް ހުށަހެޅިއެވެ. މި ސު...