ޓްރަމްޕް ޒެލެންސްކީއަށް: އަވަސް ހައްލެއް ހޯދާ، ނޫނީ ގައުމު ގެއްލިދާނެ!
އަވަހަށް ހައްލެއް ނުހޯއްދަވައިފިނަމަ ގައުމު ގެއްލިދާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ. “އިންތިޚާބެއް ނެތް ޑިކްޓޭޓަރެއް” ގެ ގޮތުގައި ޒެލެންސްކީ ސިފަކުރެއްވުމާއެކު، ޓްރަމްޕް ވިދާޅުވީ ސުލުހައިގެ މަގު އިޚްތިޔާރު ނުކޮށްފިނަމަ ގައުމު ގެއްލިދާނެކަމަށެވެ. ޓްރަމްޕްގެ މި އިންޒާރުގެ ބަސްފުޅުތައް އައިސްފައިވަނީ ރަޝިއާގެ 2022 ވަނަ އަހަރުގެ ހަނގުރާމައަށް ޔުކްރެއިން ޒިންމާވާންޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެ...