އިސްރާއީލްގެ އިތުރު ތިން ރަހީނުން ދޫކޮށްލަން ނިންމައިފި
ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ހުއްޓުމާ ގުޅިގެން ކުރިއަށްދާ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސްއިން، ހޮނިހިރު ދުވަހު އިސްރާއީލްގެ އިތުރު 3 ގައިދީން ދޫކޮށްލާނެކަމަށް އިއުލާނުކޮށްފިއެވެ. ހަމާސްގެ ހަތިޔާރު އެޅި ގުރޫޕް އަލް-ޤައްސާމް ބްރިގޭޑްސްގެ ތަރުޖަމާނު އަބޫ އުބައިދާ ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު އިސްރާއީލްގެ ތިން ގައިދީއަކު ދޫކޮށްލާނެއެވެ. އަދި ދޫކޮށްލާ މީހުންގެ ނަންތައް މިހާރުވަނީ އިއުލާންވެސް ކޮށްފައެވެ. އިސްރާއީލްގެ ނޫސް “ޔެދިއޯތު އަހަރޯނޯތު” އިން ރިޕޯޓުކުރި ގޮތު...