Skip to main content

ސަލާމާ ޢަބްދުލް ޢަލީމް

Contributor
🇲🇻 ތިލަދުން Desk
428 Stories
1,616 Reads

Published on ތިލަދުން (Thiladhun) by ސަލާމާ ޢަބްދުލް ޢަލީމް

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (22)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (22)

މަރުވެފައިވާ އަހަރެންގެ ޖަޒްބާތުތަކަށް ދިރުން ލިބި، އަހަރެންގެ ދުނިޔެއަށް ނިކުމެވުނު ކަހަލައެވެ. ރޮމޭންސް ކުރަން އަހަންނަށް އެނގޭކަން ވެސް އަހަންނަށް ފަހުމުވީ އަދި ކިރިޔާއެވެ. މީގެ ކުރިން ޒިޔާދު އަހަންނަކަށް އެ ފުރުސަތެއް ނުދެއެވެ. ނަމަވެސް ހުސެން އައިސް އަހަރެން ހޭލައްވާލައިފިއެވެ. އެއާއެކު އިތުރަށް ހުސެންއަށް ދަހިވެތި ވެއްޖެއެވެ. ހުސެންގެ އިސްތަށިގަނޑުގައި އަހަރެން އަތް ހިންގަމުން ދިޔައީމެވެ. ހުސެން މަޑުމަޑުން އަހަންނާ ދުރަށް ޖެހިލިއެވެ. އެއާއެކު މެރިފައިވާ އަހަރެންގެ ދެ ލޯ ހުޅުވާލީމެވެ. އޭރު...

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (21)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (21)

ކުރީގެ އަދަދާއި ގުޅޭ: އޭރު އަހަރެން ހުރީ ފެންކަޅިވެފައެވެ. އަހަރެން ތަހައްމަލްކުރަމުންދާ ވޭން ހުސެން، ތަޖުރިބާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ނަޒަރުގައި ހުސެން ކަހަލަ މީހަކު ލިބޭނީ ނަސީބުވެރިއަކަށެވެ. ” ދެން އެކަމާ ނުވިސްނާ ނިދާލަބަލަ.” ހުސެން ބުންޏެވެ. ހުސެންއަށް ގުޑްނައިޓް ކިޔުމަކީ އަހަރެން އެންމެ ފޫހިވާ ވަގުތެވެ. ވާހަކަ ދެއްކުން ހުއްޓާލާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހުސެންއަށް މެސެޖް ކުރާ ހިތްވެއެވެ. ” އައި ވެސް ނިދޭތޯ މި […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (20)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (20)

ކުރީގެ އަދަދާއި ގުޅޭ: އަހަރެން ބޭނުންވާ އުކުޅުތައް ހުސެންއަށް އެނގެޔޭ ހިތަށް އެރިއެވެ. ނޭނގެނީ ޒިޔާދަށެވެ. އެހާ ލޯބިން، އެހާ މަޑުމޮޅިގޮތަކަށް އަހަރެންގެ ގައިގައި މީގެ ކުރިން ދުވަހަކު ވެސް މީހަކު ބީހިފައެއް ނުވެއެވެ. އަހަރެންގެ އަތުގައި ހިފާލާ، ބޮސްދީފައެއް ވެސް ނުވެއެވެ. ލޯބިން އަހަރެންގެ ގައިގައި ޒިޔާދު ފިރުމާލީ ދުވަހެއް އަހަރެން ހަނދާން ވެސް ނެތެވެ. އެހެން ހިތަށް އެރުމާއެކު އަހަންނަށް އުނދަގޫވާން ފެށިއެވެ. ރުޅިގަދަ ވާން ފެށިއެވެ. ކުއްލިއަކަށް އަހަރެން ސިހުނީ އަތުގައި އޮތް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (19)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (19)

ކުރީގެ އަދަދާއި ގުޅޭ: ” މައްޗަށް އަރާފާނަމޭ.” ހުސެން ބުންޏެވެ. އެއާއެކު އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. އަހަންނާ ބައްދަލްކުރަން ހުސެން ބޭނުންވިކަން އެނގުމުން އަހަރެންގެ ހިތް ފުންމައިގަތް ކަހަލައެވެ. ހުސެންއާ ދާދި ގާތުގައި ހުންނަ ހިތް ވެއްޖެއެވެ. ތަންކޮޅެއް ކައިރިން އޭނާއަށް ބަލައިލަން ބޭނުން ވިއެވެ. އަހަރެންގެ މި އެކަނިވެރިކަމުގެ ތެރެއަށް އޭނާ ގެނެސް، އަލިކަން ހޯދަން ބޭނުންވިއެވެ. ” މި ދަނީ އިނގޭ.” ހުސެން ބުންޏެވެ. ހުސެންގެ މެސެޖް ކިޔާލުމާއެކު އަހަރެން ފިނިވާން ފެށިއެވެ. […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (18)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (18)

ކުރީގެ އަދަދާއި ގުޅޭ: ” ދެން ނިދަނީ އިނގޭ. ގުޑްނައިޓް އެންޑް ގުޑް މޯނިން” ހުސެން ބުނެލިއެވެ. ހިތާ ދެކޮޅަށް އަހަރެން ވެސް ގުޑްނައިޓް ކިީމެވެ. ނަމަވެސް ހިތް އޭރު ވެސް މަޑުކުރާށޭ ކިޔާ ގޮވަމުން ދިޔައެވެ. ނިދަން ބޭނުން ވެގެން ހުސެން މެސެޖް ކުރުން ހުއްޓާލިޔަސް، އަހަރެންގެ ހިތަކަށް އަރާމެއް ނުލިބެއެވެ. އިރުއިރުކޮޅުން އޭނާގެ ޕްރޮފައިލަށް ވަދެ، ބެލެއެވެ. އަދި އެއްފަހަރު އަނގައިން ބުނެލާތޯ އިންތިޒާރު ކުރެވެއެވެ. ބައެއް ފަހަރު ކެތް ނުވެގެން ކޮންމެވެސް އެއްޗެކޭ […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (17)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (17)

ކުރީގެ އަދަދާއިގުޅޭ: ” ލޯތްބަކީ ފައިސާ. ފައިސާ ނެތިއްޔާ ލޯތްބެއް ވެސް ނުލިބޭނެ. މީހަކަށް ލޯބި ދޭން ބޭނުން ވިޔަސް ފައިސާ ނެތިއްޔާ ކިހިނެއް ލޯބި ދޭނީ؟ ކިހިނެއް އަނެކާ ބޭނުންވާ ކަންތައްތައް ފުރިހަމަ ކޮއްދޭނީ؟ނއަލިފާންފޮއްޓަކަށް އަންހެނުން ލައިގެން ، ލޯބިވެޔޭ ކިޔާ ފިރުމީމަ އެ ނިމުނީތަ؟ އޭގެ ބަދަލުގައި ވައިފްއާ ދަރިން އުފާކޮއްދޭން ޗުއްޓީ ހޭދަކުރަން ގޮސް، އެކި ތަންތަނުން ކާލައިގެން، ރީތި އެއްޗެހި ގަނެލީމަ ކިހާ އުފާވާނެ ތައިބާމެން. އެހެންވީމަ، ލާރި ނެތިއްޔާ މި […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (16)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (16)

ކުރީގެ އަދަދާއި ގުޅޭ: ” ގެއަށް ހަމަ  ދާން ވީތަ؟” ހުސެން އަނެއްކާ ވެސް ބުންޏެވެ. އަހަރެން ބުނާނީ ވެސް ކީކޭ ހެއްޔެވެ؟ އާނއެކޭ ބުނާ ހިތެއް ނުވިއެވެ. އޭނާ ފޮނުވާލާ ހިތެއް ވެސް ނުވިއެވެ. އަހަރެން ބޭނުންވަނީ އަނެއްކާ ވެސް ހުސެން ކައިރިއަށް ދާށެވެ. ދުވެފައި ބޭރަށް ނިކުމެދާނަމޭ ހިތަށް އެރިއެވެ. ނަމަވެސް މިރޭ ދެން ދެވަނަ ފަހަރަށް ހުސެންއަށް ފެންނާނެހާ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ. ކުރިމަތީގައި ހުރެގެން ވާހަކަ ދައްކަން އަދި އަމުދުން […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (15)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (15)

ކުރީގެ އަދަދާއި ގުޅޭ: އަހަރެން ފެނުނީމަ ހުސެން އަހަރެންދެކެ ފޫހިވީ ބާވައެވެ؟ ފަހަރެއްގައި އޭނާ ހީކުރި ގޮތާ ހިލާފަށް އަހަރެން އެހާ ރީތި ނުވީކަމަށް ވެދާނެއެވެ. ނޫނީ އޭނާ ގަޔާވާ ކަހަލަ ސިފައެއް އަހަރެންގެ ނެތީ ކަމަށް ވެސް ވެދާނެއެވެ. ފިރިހެނުންގެ ގޮތެއް ނޭނގޭނެޔޭ އަހަރެން ހިތަށް އެރިއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެންގެ ހިތް މިހާރު އޭނާއަށް ހިބަ ކުރެވިއްޖެއެވެ. ވަސްވާހުން ހިތް ނުތަނަވަސްވީ ވަރުން ސައިކަލްގެ ސްޕީޑް އަހަންނަށް މަޑުކޮއްލެވުނީ މޮޅިވެރިކަމާއެކުއެވެ. ގެއަށް ޒިޔާރަތް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (14)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (14)

ކުރީގެ އަދަދާއި ގުޅޭ: ބައެއް ފަހަރު މި ތޫފާނުގައި ގަސްތައް މުލުން ލުހި، މުޅި ތަން ހަލާކުކޮށްލައެވެ. އެއާއެކު އަހަރެން ވަރަށް ބިރުގެންފިއެވެ. އަހަރެންގެ ހިތަށް ވެސް އެހެން ވެދާނެތީއެވެ. ހިތުގެ ދުނިޔޭގައި އުފެދިގެން މި އުޅޭ ތޫފާނާއެކު ހިތް ހަލާކުވެ ރޫޅި ދާނެތިއެވެ. އެ ހަނގުރާމަ ކުރާނެ ހިތްވަރު އަހަރެންގެ ނެތި ދާނެތީއެވެ. އަހަރެންގެ ނިދި އަހަރެން ދޫކޮށް ގޮސް އުޅެނީ ކޮންތާކުބާވައޭ ހިތަށް އެރިއެވެ. ދެ ފަރާތަށް ފުރޮޅިފުރޮޅި އޮންނަތާ އެތައް އިރެއް ވެއްޖެއެވެ. […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (13)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (13)

ކުރީގެ އަދަދާއި ގުޅޭ: އެ ވަގުތު އައި ނައި ގޮތެއް ނޭނގި ހުސެންގެ ހިޔާލްތައް އަހަރެންގެ ހިތަށް ވެރިވެއްޖެއެވެ. އޭނާ މަތިން ހަނދާން ވެއްޖެއެވެ. އަނެއްކާ ވެސް އޭނާއަށް މެސެޖެއް ކޮއްލަން ހިތް އެދެން ފެށިއެވެ. ލިލީއަށް ކާން ތައްޔާރު ކުރުމަށްފަހު އަހަރެން ކޮޓަރިއަށް ވަނީމެވެ. އޭރު އެނދުމަތީގައި ލިލީ އިން ގޮތުން ލިލީއަށް ކަމެއް ވެއްޖެކަން އަހަންނަށް އެނގުނެވެ. ހިތް އަވަސްވީ ވަރުން ގޮސް ލިލީ އުރާލީމެވެ. ” މަންމަ ދޫނި ހުން އައިސްތަ؟” ލިލީ […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (12)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (12)

ކުރީގެ އަދަދާއިގުޅޭ، އަހަރެންގެ ސިކުނޑީގެ ކޮންމެ ނާރެއް ހުސެންއާ ގުޅިފައިވާ ކަހަލައެވެ. ދިރިއުޅުމުގެ ހާލަތު ކިތަންމެ ފުން ވަޅުގަނޑަކަށް ވެއްޓިފައި އޮތަސް، އޭރު އެކަމާ ހިތާ ކުރިޔަސް، މިހާރު އަހަރެންގެ ހިތުގައި މާ ތައް ފޮޅި، ބަހާރު މޫސުން ފަށައިގެން އުޅޭ ކަހަލައެވެ. ނަމަވެސް ހިތުގެ ފަރިޔާދުގެ އަޑު އޭނާއަށް އިވިދާނެތީ އަހަރެން ބައެއް ފަހަރު ލަދުގަނެއެވެ. ބިރު ވެސް ގަނެއެވެ. ނަމަވެސް އަހަންނަށް އެނގޭ އެއްޗަކީ މާ ގިނަ ދުވަހަކު މި ކަން އަހަންނަށް ސިއްރެއް […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (11)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (11)

ކުރީގެ އަދަދާއި ގުޅޭ: ހުސެން އެ ތަނުން ފެންނާނެ ނަމައޭ ހިތަށް އެރުމާއެކު އަހަރެން ލަދުގެންފިއެވެ. އިންތިހާއަށް ހުސެން ދެކޭ ހިތްވެއެވެ. ނަމަވެސް އެ ހިތްވަރު އަހަރެންގެ ކިބައިގައި ހުރިހެންނެއް ހިއެއް ނުވެއެވެ. އަހަރެން ހައިރާންވަނީ އެހެންވެއެވެ. އެކުވެރިއެކޭ ބުންޏަސް، އަހަރެންގެ ހިތުން ހުސެންއަށް މި ދެވުނީ އެކުވެރިއެއްގެ މަގާމެއް ނޫންކަންނޭނގެއޭ ބައެއް ފަހަރު އަހަރެންގެ ހިތަށް އަރައެވެ. ޖެހިގެން އައި ދުވަހެވެ. ގޭތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވާލެވުނު އިރު، މެންދުރު ވެއްޖެއެވެ. ހުޅުމާލެއަށް ދާ...

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (10)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (10)

ކުރީގެ އަދަދާއި ގުޅޭ: ފޯނު މޭމަތީގައި ބާއްވައިގެން އޮވެ، ބޮލުގެ އިސްތަށިތަކާ ކުޅެމުން ގޮސް އަހަންނަށް ލޯ މެރެން ފެށިއެވެ. ލޮލުގެ އެސްފިޔަތަކުގެ ތެރޭގައި ހުސެންގެ ސޫރަ އަހަރެން ފޮރުވީމެވެ. އަހަރެންގެ ހިތުގެ ހަމަހިމޭން ދުނިޔޭގައި ހުސެން މުޅި އުމުރަށް ބަހައްޓާނަމޭ ވެސް ހިތަށް އެރިއެވެ. އޭރު ބާރުބާރަށް ހިތް ތެޅެމުންދެއެވެ. ހިތުގެ ތެޅުމުގެ ތެރޭގައި އޭނާގެ ވާހަކަތައް އަހަރެން ރައްކާކުރީމެވެ. ނަމަވެސް ކުއްލިއަކަށް އަހަރެން އިންތިހާއަށް ބިރުގެންފިއެވެ. ހިތުން އެ ވާހަކަތައް ފުންމާލަފާނެބާވައެވެ؟ އެހެން މ...

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (9)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (9)

” އޯހް. ރިއަލީ؟ ނޭނގެ ދޯ ކާކު ކަމެއް ލިމިޓް ކްރޮސް ކުރާނީ. ” އޭނާ ބުންޏެވެ. އެއާއެކު އަހަންނަށް މޭގައި ފޯނު ޖައްސާލެވުނެވެ. ފާޑަކަށް ހިތަށް ވަރުބަލިކަމެއް އިހްސާސް ކުރެވެން ފެށިއެވެ. އޭރު ވެސް ލިލީ އިނީ ފެންތަށިތެރޭގައި ކުޅޭށެވެ. ” މަންމީ. ހީކަރުވަނީ.” ލިލީގެ އަޑަށް އަހަރެން އަވަސް އަވަހަށް ފާހާނާއަށް ވަނީމެވެ. އަދި ދަރިފުޅު އުރާލައިގެން ނިކުމެ ރީތި ކުރަން ފެށި އިރު ވެސް ސިކުނޑީގައި އެނބުރެމުންދަނީ ހުސެންއެވެ. ހުސެންއާ ވާހަކަ ދައްކާ […]

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (8)
Column

ސިލްސިލާ ވާހަކަ: ނުދަންނަ އެކުވެރިޔާ (8)

ކުރީގެ އަދަދާއިގުޅޭ: އަހަރެން ބޯ ޖަހާލީމެވެ. ސޯފާމަތީގައި އޮތް ލެޕްޓޮޕް ބޭގް ނަގައިގެން އޭނާ ނިކުމެގެން ދިޔައީ އަހަންނާ ދިމާލަށް އިތުރަށް ބަލައިވެސް ނުލައެވެ. އަހަރެން އުއްމީދުކުރާ ގޮތަކީ އެއީ އެއް ނޫނެވެ. އޮފީހަށް ދަމުން ރީިތި ހިނިތުންވުމެއް ދިނުމަކީ ގޯހެއް ހެއްޔެވެ؟ ލޯބި ބަލައިލުމެއް ރައްދު ކުރުމަކީ ކުށެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން އެވަރުކޮށްލުމުން ވެސް އަހަންނަށް ފުދޭނެއެވެ. ނަމަވެސް ގުޅުމެއް އިތުރަށް ވަރުގަދަ ކުރާނެ އެއްވެސް އުކުޅެއް ޒިޔާދަކަށް ނޭނގެއެވެ. އޭނާއަށް ނޭނގެނީކަމެއް ނޫނީ […]