ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (8)
ކުރީ އަދަދާއި ގުޅޭ އާ ދުވަހަކަށް އިރު އެރީ ޝެލިން ހޭލާ އުޅެނިކޮށްނެވެ. ހެނދުނު ހެނދުނާ ފެންވަރާލުމުން އެ ހަށިގަނޑަށް ވެރިވެފައިވަނީ ތާޒާ ކަމެވެ. އަށެއް ޖަހަން ކައިރިވެފައި ވަނިކޮށް އޭނާ ކޮޓަރިން ނުކުތްއިރު މައިރާ ސިޓިންގރޫމުގައި އުޅެއެވެ. މިކްޔާލްގެ ކޮޓަރިއަށް ބޯ ދިއްކޮށްލިއިރު ލޯގަނޑު ކުރިމަތީ ތައްޔާރުވާން ހުރިތަން ފެނުމުން އެ ކޮޓަރިއަށް ދެމިގަތެވެ. “ކޮން އިރަކު ވަޒީފާއަށް ހޮވުނީ؟ ނުވެސް ބުނަމެންނު”. ތުންކޮޅު ދަމާލަމުން ޝެލިން ބުނެލީ އެނދުގައި އިށީނުމަށްފަހުއެވެ. އޭނާގެ ނަޒަރު ހުއްޓިފައި […]