އަޛުހާންގެ މަރު: ތުހުމަތު ކުރެވޭ މީހަކު އަދިނެތް، ތަހުގީގު ދަނީ ކުރިއަށް
ގެއްލިގެން ހޯދަމުން ދަނިކޮށް ހުޅުމާލެ ސްކޭޓް ޕާކް ސަރަޙައްދުގައި މަރުވެފައި އޮއްވާ ފެނުނު މުޙައްމަދު އަޛުހާން (ކ. މާލެ / ހ. ބޮނޑިކަނދޮޅުގެ) މަރާއިގުޅިގެން ތުހުމަތު ކުރެވޭ މީހަކު އަދިނެތް ކަމަށާއި ތަހުގީގު އަދިވެސްދަނީ ކުރިއަށް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ. މަރުގެ ތިން މައްސަލައަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އަޒުހާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖ...