ކީކިމިންޏަށް ކަޅުބިލަމަހާއި ކަންނެލި ގަންނަން ފަށައިފި
ށ. ކީކިމިނީގައި ހަދާފައިވާ މަސް ފެކްޓަރީން އިއްޔެއިން ފެށިގެން މަސް ގަންނަން ފަށައިފި އެވެ. ވިލާ ގުރޫޕްގެ ދަށުން ހިންގަމުން ގެންދާ އައިލެންޑް އެންޓަރޕްރައިޒަސް އިން ހިންގާ ކީކިމިންޏަކީ 1،900 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކޮށްފައިވާ ތަނެކެވެ. އެ ރަށަށް ކަނޑުމަސް ގަންނަން ފެށުމުން މަސް ކިރުވަން ބޭނުންވާ މަސް ދޯނިތަކުން ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ހަމަޖެއްސުމަށް އައިލެންޑް އެންޓާޕްރައިޒަސް އިން އެދިފައިވެ އެވެ. އެގޮތުން މަސް ކިރުމުގެ ކަންކަން ސާފުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް ގުޅަން ޖެ...