އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. އެ ކޯޓުން މިގޮތަށް އަމުރުކުރީ އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގަ އެވެ. ސެޕްޓެމްބަރު 7 ވަނަ ދުވަހާއި ސެޕްޓެމްބަރު 26 ވަނަ ދުވަހު ޓްރާންސްޕޯޓުން ބާތިލް ކުރި އުޅަނދުތަކެއްގެ ވެރި ފަރާތުން ހުށަހެޅި އެ މައްސަލައިގައި، އެ މައްސަލަ ބަލައި ނިމެންދެން ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ނުކުރުމަށް ސިވިލް ކޯ...