ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަނީ
ށ. އަތޮޅުގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ކޯހެއް ހިންގަން ނިންމައިފި އެވެ. މި ކޯހާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން ށ. އަތޮޅު ކައުންސިލުން ބުނެފައިވަނީ، މި ކޯހަކީ ޝަހީބް މީޑިއާ އާ ގުޅިގެން ހިންގާ ކޯހެއް ކަމަށެވެ. މި ކޯސް ހިންގުމަށް ނިންމާފައިވަނީ މި ޖެނުއަރީ މަހުގެ 15 އިން 19 އަށް ށ. ފުނަދޫ ގައެވެ. ކޯހުގެ ކުލާސްތައް ކުރިއަށް ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9 ން މެންދުރު 2 ޖަހަންދެން ނެވެ. ހިލޭ […]