ރިޔާސީ އިންތިޚާބުގައި ޔާމީނަށް ވާދަކުރެއްވޭނެކަން ޔަގީން: އަދުރޭ
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތި ލެއްވޭނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބަ އޮތް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ފެށި “ހޯޕް ކޮންފަރެންސް” ގައި ވާހަކަ ދައްކަވަމުންނެެވެ. އަދުރޭ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަން ކަމަށްޓަކައި ފަހު ނޭވާއާ ޖެހެންދެންވެސް މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ކޮންފަރެންސް ފެށިގެންދާއިރު މިއީ އުފާވެރިނޫން...