Skip to main content
14 Stories
0 Reads

Published on ތިލަދުން (Thiladhun) by އަންޖުމް އިސްމާޢީލް މުޙައްމަދް

ތިބާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް: ޣީބަ ބުނަން ދެވިހިފާފައިވާ ބައެއްގެ ފާޑުކިޔުމަށް އަޅާނުލާ!
Column

ތިބާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް: ޣީބަ ބުނަން ދެވިހިފާފައިވާ ބައެއްގެ ފާޑުކިޔުމަށް އަޅާނުލާ!

ތިބާއަކީ އެއްވެސް މިންވަރެއްގެ ނިންމުމެއް ނިންމުމުގައި މީހުން ކިޔާފާނެ އެއްޗަކަށް، ވިސްނަފާނެ އެއްޗަކަށް ނުވަތަ މީހުންނަށް ހީވެދާނެ ގޮތަކާއިމެދު ފިކުރުބޮޑުވެ ނިންމުމެއް ނިންމަން އުންދަގޫވާ ފަރާތެއްތޯއެވެ؟ މީހުންގެ ފާޑުކިޔުންތަކަށް ވިސްނައި އޭގެ ސަބަބުން ތިބާގެ ޤާބިލިއްޔަތުކަމާއި ކަންކަމަށް ހުންނަ ކެރުމަށް އެއްވެސް ވަރެއްގެ އަސަރެއް ކުރުވާތޯއެވެެ؟ އެހެން ކަމަށް ވާނަމަ މިކަމުން ފަސޭހައެއް ލިބިގަންނާނީ ކިހިނަކުންތޯއެވެ؟ އާދެ އެހެން މީހުންގެ ފާޑުކިޔުންތަކަށް އަހަންމިއްޔަތުކަން ދިނުމަކީ މުޅިއަކުން ގޯ...

ތަށިދޮންނަން ގެންގުޅޭ ސްޕޮންޖް އާކުރުމުގައި ފަރުވާތެރިވަންތޯ؟
Column

ތަށިދޮންނަން ގެންގުޅޭ ސްޕޮންޖް އާކުރުމުގައި ފަރުވާތެރިވަންތޯ؟

ކޮންމެ ބަދިގެއެއްގެވެސް ކޮންމެހެންވެސް އޮތުން ލާޒިމް އެއްޗެއްގެ ގޮތުގައި ވެގެންމިދަނީ ސިންކް މަތީގައި ބާއްވާލާފައި އޮންނަ ސޮޕޮންޖްގަނޑެވެ. އެހެނަސް މި ސްޕޮންޖްކޮޅު އެންމެ ފަހުން ބަދަލުކޮށްލެވުނީ ކިހާދުވަހު ބޭނުންކޮށްފައިބާއެވެ؟ 01 ހަފްތާބާއެވެ؟ ނުވަތަ 02 ހަފްތާބާއެވެ؟ ނުވަތަ މަސްދުވަސް ވެދާނެބާއެވެ؟ އާދެ، މި ސްޕޮންޖްގަނޑު ތުނިވެ ބާވެ ވަސްދުވަން ފަށާތާ އެތަށް ދުވަހެއްވާއިރުވެސް މި ސްޕޮންޖްކޮޅު އެއްލާނުލާ، އޭގެ ޒަމާން މުޅިންހެން ދަންދެން ބޭނުންކުރުމުގެ ނިޔަތުގައި އުޅޭމީހުން މަދެއްނޫނެވެ. ހަފްތާއިނ...

ދުޅަހެޔޮ ސިއްހަތަކަށް "ވަގުތުން ވަގުތަށް" ދޫކޮށްލަންޖެހޭ 5 އާދަ އެއް!
Column

ދުޅަހެޔޮ ސިއްހަތަކަށް "ވަގުތުން ވަގުތަށް" ދޫކޮށްލަންޖެހޭ 5 އާދަ އެއް!

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ނަޒަރުހިންގާލާއިރު ފެނިގެންދަނީ ހިތާމަކުރަންޖެހޭ ފަދަ ބައެއް މަންޒަރުތަކެވެ. ދުވަސްތައް ވެއަތުވެގެން ދަނީ އެއް ކަންތައްތަކެއް ކުރުމުގެ ބުރަކަންމަތީ، ތިމާގެ ހަށިގަނޑާއި ދުޅަހެޔޮކަމަށް އެއްވެސް ވިސްނުމެއް ފަރުވާލެއް ނުދެވިއެވެ. ދެރަ ހަޤީޤަތަކީ، އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް، މި ހަށިގަނޑަކީ އަޅުގަނޑުމެންގެ ފުރާނައާއި ހަވާލުވެފައިވާ އަމާނާތެއްކަން ހަނދާނުގައި ނުހުންނަކަމެވެ. މި ނިކަމެތި ހަށިގަނޑަށް އަޅުގަނޑުމެނަށް ނޭނގިނަމަވެސް ދެވޭ ބައެއް އަނިޔ...

ކިތަންމެ ވަރަކަށް ކެޔަސް، އަބަދު ބަނޑުހައިވަނީ ކީއްވެ؟
Column

ކިތަންމެ ވަރަކަށް ކެޔަސް، އަބަދު ބަނޑުހައިވަނީ ކީއްވެ؟

ބަނޑުހައިވުމަކީ، އިންސާނާގެ ހަށިގަނޑަށް އިތުރަށް ކާނާ ބޭނުންވާކަން އަނގައިދިނުމަށްޓަކައި ކަނޑައެޅުފައިވާ ޤުދުރަތީ ނިޒާމެކެވެ. ބަނޑުހައި ވެއްޖެނަމަ ބަނޑުން އަޑުއަޑު ކިޔުމާއި، ހޫނު އެރުން މިއީ އާންމުކަންތަކެވެ. ބައެއްމީހުން ބޮލުގައި ރިއްސާގޮތްވެ، ފަސޭހައިން ރުޅިއަންނަގޮތްވެ ރުންކުރުވާގޮތްވެސް ވެއެވެ. އަނެއްބައިމީހުންނަށް ހަމަ ހިލާ ކަމަކަށް އެކަށީގެންވާ ސަމާލުކަން ދިނުން ވަނީ އުނދަގޫ ކަމަކަށެވެ. ނަމަވެސް މިއީ ވަރަށްބޮޑަށް ބަނޑުހައިހޫނުކަން އިޙްސާސްވުމުން ހަށިގަނޑުން ދައްކުވައިދޭ ޢަލާމާތްތަކެވެ. ގިނ...

ބޮލުގައި ރިއްސަނީތަ؟ ކޮންކަހަލަ ރިހުމެއްބާ!
Column

ބޮލުގައި ރިއްސަނީތަ؟ ކޮންކަހަލަ ރިހުމެއްބާ!

ބޮލުގައި ރިހުމަކީ އަހަރުމެންގެ ތެރެއިން އެންމެ ސިއްޙީގޮތުން ދުޅަހެޔޮމީހާއަށްވެސް ދިމާވެފައިވާނޭ ކަމެއްކަން ޔަޤީނެވެ. މިއީ ވަރަށް ގިނައިން ދޭތެރެ ދޭތެރެއިން ގިނައިން މީހުންނަށް ދިމާވާކަމެކެވެ. އެހާމެ އާންމުކަމެއް ކަމުގައިވުމުން މިކަމަށް ދެވިގެންދާ ސަމާލުކަންވެސް އެހާމެ ކުޑަކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމެކެވެ. ބައެއްމީހުން ބޮލުގައި ރިހޭތަނުން ޕެނެޑޯލް ގުޅައެއްކާލައެވެ. އަނެއްބަޔަކު އަވަހަށް އެނދަށް އަރާ އޮށޯންނައިރު، ބައެއްމީހުން އެއްވެސް ކަމެއް ނުކޮށް، ހިނދުކޮޅަކުން ފިލައިގެންދާނޭކަމުގެ އުނ...

ގާތުންކިރުދޭ މައިންނަށް: 3 އިރުގެ ކެއުމުގައި ފަރުވާތެރިކަމާއެކު މިތަކެތި ހިމެނުމަށް ސަމާލުކަންދީ!
Column

ގާތުންކިރުދޭ މައިންނަށް: 3 އިރުގެ ކެއުމުގައި ފަރުވާތެރިކަމާއެކު މިތަކެތި ހިމެނުމަށް ސަމާލުކަންދީ!

ދުނިޔެއަށް އުފަންވުމަށްފަހު ތުއްތު ކުއްޖާއަށް އެންމެ މުހިންމީ މައިމީހާގެ ގާތުން ދޭކިރުކަން މިއީ އެންމެން ދަންނަ ޙަޤީޤަތަކަށް ނޫނީ ނުވާނެއެވެ. ޤުދުރަތީގޮތުން މައިމީހާގެ ހަށިގަނޑުގައި އަށަގަންނަ މި ނިޒާމަކީ، އެ ތުއްތު ދަރިފުޅަށްޓަކައި ޚާއްސަ ކޮށްފައިވާ، އެދަރިފުޅު ދުނިޔޭގައި ހޭދަކުރާ ފުރަތަމަ މަސްތަކުގައި ބޭނުންވާ ހުރިހާ މާއްދާއެއް އެކުލެވޭނޭހެން ފަރުމާކޮށްފައިވާ ނިޒާމެކެެވެ. މި ޤުދުރަތީ ބުއިމުގެ ސަޕްލައި ހަށިގަނޑުގައި އިތުރުކުރުމަށްޓަކައި، ނުވަތަ އެކަށީގެންވާ ވަރަށް ކިރު ހުންނަ މައިންނަށްވެސް ރަނ...

މުރަނގަފަތުގެ ސައި: ތަފާތު ފައިދާހުރި ބުއިމެއް!
Column

މުރަނގަފަތުގެ ސައި: ތަފާތު ފައިދާހުރި ބުއިމެއް!

އަޅުގަނޑުމެން ދިވެހިންގެ ސަގާފަތަށް ބަލާއިރު މުރަނގަފަތް އެންމެ ގިނައިން ބޭނުންކުރަނީ ތެލުލައިގެން އެކިއެކި ކާނާއާއި އެކުއެވެ. ނުވަތަ މުރަނގަފަތުގެ ބަތް ކައްކައިގެންނެވެ. ބައެއްމީހުން އެ ފަތުގައި ބިސްގަނޑު އަޅައިގެން ނުވަތަ ބަތާއި ގަރުދިޔަ މޮޑެގެން ކާއިރު އެކީގައި ކައި އުޅެއެވެ. ނަމަވެސް މުރަނގަފަތު ސައި ވެގެން މިދިޔައީ ހަމަގައިމުވެސް އަޅުގަނޑަށް އައު އެއްޗަކަށެވެ. އެހެންކަމުން މުރަނގަފަތު ސަޔާއި ބެހޭގޮތުން ހޯދި ހޯދުންތައް ތިރީގައި ހިއްސާކޮށްލާނަމެވެ. މުރަނގަފަތަކީ ދަގަނޑުގެ މިންވަރު ގިނަ ކަމަށް...

އަލަތު މައިންނަށް ދެތިން ބަހެއް
Column

އަލަތު މައިންނަށް ދެތިން ބަހެއް

ފުރަތަމަ ފަހަރަށް މަންމައަކަށް ވުމަކީ، އުފަލުން ފޮޅޭ ވަގުތަކަށްވީނަމަވެސް ހަމަ އެހާމެ ބިރުވެރި ކަމަކަށްވެސް ވެދާނެކަމެކެވެ. 9 މަސް ދުވަހު، ދަރިފުޅު އަމިއްލަ ހަށިގަނޑުގައި ރައްކާތެރިކަމުގައި ބެލެހެއްޓީ އެކޮއިގެ ސިއްޙަތާއި ދުޅަހެޔޮކަން ސިކުނޑީގެ ފަހަތުގައި އަބަދުމެ އޮންނަޙާލުއެވެ. ނަމަވެސް، ވިހެއުމަށްފަހު ދަރިފުޅު އަތަށް ލިބިގެންދާ ވަޤުތަކީ ހުވަފެނީ ދުނިޔެއިން ދުނިޔެއަށް ރުޖޫޢަވާން މަޖުބޫރުކުރާ ހިނދުކޮޅެކެވެ. މި ތުއްތު ދަރިފުޅުގެ ހުރިހާ ޒިންމާއެއް ބޮލުގައި އެޅިގެން މިދަނީ، އެކަށްޗެއްވެސް ނޭގުނަސް...

ލޮނުމެދު ފަތް: ގެއްލިފައި އޮތް ޖަވާހިރެއްފަދަ
Column

ލޮނުމެދު ފަތް: ގެއްލިފައި އޮތް ޖަވާހިރެއްފަދަ

ލޮނުމެދަކީ އާންމުގޮތެއްގައިވެސް ބަދިގެތެރެއިން ފެންނަ، ކެއުމުގެ ވައްތަރުތަކަށް ތަފާތު އިތުރު ރަހައެއް ގެނުވައިދޭ ބާވަތެކެވެ. އެތަކެއް ފައިދާއެއް ލިބިގެންދިޔުމުގެ ސަބަބުން ލޮނުމެދުގެ ތެޔޮ ގުޅައަކީވެސް މީހުން ބޭނުންކުރަމުން އަންނަ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް، ލޮނުމެދާއި ގުޅޭ އެކިއެކި އަޑުތަކާއި ވާހަކަތަކާއި ލިޔުންތަށް ކިޔާލުމުންވެސް ލޮނުމެދުގެ ފަތާއި ގުޅޭގޮތުން އަޑުއިވި ފެނުނީ ދެތިންބަހެކެވެ. އަޅުގަނޑަށް ލޮނުމެދުގެ ފަތާއި މެދު ޝައުގުވެރިވީ އެއްދުވަހެއްގައި ގެޔަށް ގަނެވުނު ލޮނުމެދެއްގ...

ދަރިމައިވުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް
Column

ދަރިމައިވުމުގައި ދިމާވާ ބައެއް ގޮންޖެހުންތައް

މާބަނޑުވުމަކީ ފެންނަފެނުމަށް ވަރަށް ފަސޭހަ ކަމެއްކަމަށް ހީވެފައިވީ ނަމަވެސް އެއީ އެކިއެކި ތަފާތު އެތަށް ކަމަކަށް ބަރޯސާވާކަމެކެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން އެތައްބަޔަކަށް އެތަކެއް ގޮންޖެހުމަކާއި ކުރިމަތިލާންޖެހޭ އެތަކެއް ތަކުލީފުތަކެއްވެސް ތަހަންމަލުކުރަންޖެހޭ ކަމަކަށް މިވަނީ ވެފައެވެ. އާދެ، ބައެއް އަންހެނުންނަށް މާބަޑުވުން ﷲގެ ރަޙްމަތުން ފަސޭހަކަމަކަށްވެފައިވާއިރު، އަނެއްބައި އަންހެނުންނަށް އުނދަގޫކަމަކަށް ވަނީ ކީއްވެބާއެވެ؟ އިންސާނާގެ ހަށިގަނޑުގެ ސައިންސްތަކުން ދައްކާގޮތުގައި، މާބަނޑުވުމަ...

ދުވާލަކު މަދުވެގެން 10ހާސް ފިޔަވަޅުން ލިބޭ 5 ފައިދާއެއް
Column

ދުވާލަކު މަދުވެގެން 10ހާސް ފިޔަވަޅުން ލިބޭ 5 ފައިދާއެއް

ދުވާލެއްގެ މައްޗަށް އެޅެނީ މުޅިއަކު ކިތައް ފިޔަވަޅުތޯ ބަލައި މަދުވެގެން ދިހަހާސް ފިޔަވަޅު އަޅަން މަސައްކަތްކުރުމަކީ، މަދުމަދުން އެކި ޢުމުރުފުރާގެ މީހުން ކުރަމުން އަންނަކަމަކަށް މިވަނީ ވެފައެވެ. އަޅުގަނޑަށް މިކަމުގެ މަޢުލޫމާތު ލިބިގެންދިޔައީ، ބައްޕަގެ ކޮލެސްޓްރޯލާއި ލޭގެ ޕްރެޝަރ މަތިވުމުގެ ސަބަބުން ޑޮކްޓަރު މިކަން ކުރުމަށް ލަފާދިނުމުންނެވެ. އޭގެ ކުރިން މިއީ ވިސްނިފައިވާ ކަމެއްވެސް ނޫނެވެ. ބައްޕައަށް ދުވާލަކު އެޅޭ ފިޔަވަޅު ގުނުމަށްޓަކައި ‘ގޫގުލް ފިޓް’ ނަމަކަށް ކިޔާ އެޕްލިކޭޝަން އަޅައި، ކޮވިޑް19ގެ...

ނުނިދެނީތަ؟ މޫދު ލޮނު ތައްޓެއް ބޯލައިގެން އޮށޯވެބަލަ!
Column

ނުނިދެނީތަ؟ މޫދު ލޮނު ތައްޓެއް ބޯލައިގެން އޮށޯވެބަލަ!

ރޭގަނޑުގެ ފުރިހަމަ ނިދިން ނިދާލުމަކީ އަޅުގަނޑުމެންގެ ތެރިން ގިނަ ޢަދަދެއްގެ މީހުންނެއްގެ ހިތުގައި އަށަގަނެފައިވާ އެއް އުންމީދެވެ. ނަމަވެސް އެކި ކަންކަމާއި ހުރެ ރޭގަނޑުގެ ނިދި ޚަރާބުވެގެން ދިއުމަކީ، ވިދިގެން އަންނަ ހެނދުނުގެ މަޖާ ނަގާލާ ކަމަކަށް ވަނީ ވެފައެވެ. އޭގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު އެއްކަމަކީ ދަންވަރު 2 ނުވަތަ 3 ޖަހާއިރު ފާޚާނާ ކުރުމަށްޓަކަޢި ތެދުވަން ޖެހުމެވެ. އަޅުގަނޑުމެންގެ ތެރެއިން މިކަމާއި ކުރިމަތިލާން ޖެހެނީ ކިތަށް މީހުންނަށްބާއެވެ؟ ނިދަން ދާންމައްޗަށް އެރުމުގެ ކުރިން ފާޚ...

ހައިޕޯ-ތައިރޮއިޑްޒްމް: މިއީ ކިހިނެތްވާ ބައްޔެއް؟
Column

ހައިޕޯ-ތައިރޮއިޑްޒްމް: މިއީ ކިހިނެތްވާ ބައްޔެއް؟

ތައިރޮއިޑްއަކީ އިންސާނާގެ ނޭވާލާހޮޅި މަތީ ހުރަހަށްވާ ގޮތަށް، ކޮކާލެއްގެ ސިފައިގައި ހުންނަ ފަށަލައެކެވެ. މި ފަށަލައިގެ މަޤްސަދަކީ ހަށިގަނޑުގެ ހެދިބޮޑުވުމާއި، ހޯމޯންލެވެލްސް އަދި މެޓަބޮލިޒްމް އެއްހަމައެއްގެ މަތިން ބެލެހެއްޓުމެވެ. ތައިރޮއިޑްގެ ބަލި ހުންނަ މީހުންނަކީ މި ފަށަލައިން އެބައެއްގެ ހޯމޯން ލެވެލް އެއްވަރެއްގައި ހިފަހައްޓައިނުދީ މަތިވެފައި ނުވަތަ ތިރިވެފައި ހުންނަމީހުންނެވެ. އޭގެތެރެއިން ހައިޕޯ-ތައިރޮއިޑްސްމް އަކީ ހޯމޯން ލެވެލްސް ދަށްވެފައި ހުރުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ދިރާސާތަކުން ދައ...

މިނީ ވޯކްއައުޓް: ބިޒީ މީހުންނަށް، މާ ރަނގަޅު ގޮތެއް
Column

މިނީ ވޯކްއައުޓް: ބިޒީ މީހުންނަށް، މާ ރަނގަޅު ގޮތެއް

ކޮވިޑް 19ގެ ތަޖުރިބާއަށްފަހު ގިނަ މީހުންގެ ‘ލައިފް ސްޓައިލް’ އަށް ވަނީ އެކިއެކި ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. ދިރިއުޅުމުގެ މި ހަލަބޮލިކަންމަތީގައި ވަޤުތު ހޭދަކުރާއިރުވެސް، ކަސްރަތުގެ މައިދާނުގައި ކުރިއާއި އަޅާބަލާއިރު ގިނަ މީހުން ފެންނަކަމަށް ފާހަގަކުރެވެއެވެ. އެހެން ނަމަވެސް، ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އަހަރުމެންގެ ތެރެއިން ބައެއްމީހުންނަށް އެ ނިޔަތާއި އެއްގޮތަށް ޢަމަލު ކުރުން މިވަނީ ކުޑަވަރެއްގެ ގޮންޖެހުމަކަށްވެފައެވެ. ނުވާންވީ ކީއްވެހެއްޔެވެ؟ ވަޤުތަކީ ހޯދީމާ ލިބޭއެއްޗެއްކަން އެއީ ބުނެލަން...