ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް، އެއްގަމު އުޅަނދު ދުއްވުމުގެ ދާއިިމީ ލައިސަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ.

މިގޮތަށް ހަމަޖައްސާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައެވެ. މި ޤަވާއިދު މިހާރުވަނީ ގެޒެޓް ކޮށްފައެވެ.

Ad
rt

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ދިވެހިންނަށް ލައިސަންސް ދޫކުރާ އުސޫލާ އެއްގޮތަށް، ދިވެހިންނާއި ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ދޫކުރާ ދާއިމީ ލައިސަންސްވެސް މިހާރު 10 އަހަރުގެ މުއްދަތަށް ބޭނުން ކުރެވޭނެ ކަމަށެވެ.

ކުރިން މި ޤަވާއިދު އޮތީ އެފަދަ ބިދޭސީންނަށް ދޫކުރަމުން ގެންދިޔައީ އަހަރަކު އެއްފަހަރު އާކުރަންޖެހޭ ވަގުތީ ލައިސަންސެކެވެ.

މިޤަވާއިދު ގެޒެޓް ކުރުމާއެކު މި ޤަވާއިދަށް މިހާރު ވަނީ ޢަމަލު ކުރަން ފަށާފައެވެ.

މިއާއެކު ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް އިތުރު ޓެސްޓެއް ހެދުމަކާއި ނުލާ، ދާއިމީ ލައިސަންސަށް ބަދަލު ކުރުމަށް އެދި މިހާރު ފޯމް ހުށައެޅޭނެއެވެ.