ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ފަސް މެންބަރުން އައްޔަން ކުރައްވައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ދަށުން އޮންނަ މި ބޯޑަށް ރައީސް ސޯލިހު މިއަދު ބޭފުޅުން އައްޔަން ކުރައްވާފައިވާއިރު، ބޯޑުގެ ރައީސްކަމަށްވެސް ބޭފުޅަކުން ހަމަޖައްސަވާފައެވެ. އެހެންނަމަވެސް، ބޯޑުގައި ހިމެނޭ ނޮން-އެގްޒެކިއުޓިވް މެންބަރުގެ މަގާމު، އަދިވެސް އޮތީ ހުސްކޮށެވެ.
ޕީސީބީ އަށް އައްޔަން ކުރައްވާފައިވަނީ ރައީސްގެ ގޮތުގައި ޙަސަން ވަހީދުއެވެ. މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައިވަނީ އާސިމް މުޙައްމަދު، އައިޝަތު ޝަޒްލީ، ރުޝާހާ އަހުމަދު ޝަރީފް، އަލީ ޝަފީއު އަދި އަލްއުސްތާޛު އަލީ ޝުޖާއު އެވެ.
ރައީސުލުޖުމްހޫރިއްޔާ އަށް، މި ބޯޑަށް ރައީސަކާއި ނައިބު ރައީސް އައްޔަން ކުރެވުނުކަމުގައިވިޔަސް، އެބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބެން ޖެހޭނެއެވެ.
ޕީސީބީ އަކީ ސަރުކާރު ކުންފުނިތަކާ ބެހޭ ކަންތައްތައް ބަލަހައްޓާ ބޯޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!