އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިފަހުންދިން ހަމަލާ ތަކުގައި 3 ނުވަތަ 4 މެމްބަރުން ޝަހީދުވި 14 އާއިލާއެއް ހިމެނޭ ކަމަށް ފަލަސްތީނުގެ ހަބަރުތައް ގެެނެސްދޭ އިލެކްޓްރޯނިކް އިންތިފާޟާ އިން ރިޕޯޓް ކޮށްފިއެވެ.

އެންމެ ފަހުން މިހާ ގިނަ އަދަދެއްގެ މެމްބަރުން އެއް އާއިލާއިން މި ދުނިޔެއާއި ވަކިވާން ޖެހުނީ 2014 ވަނަ އަހަރު އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާ ތަކުގައެވެ. އެފަހަރު މަދުވެގެން 3 މެމްބަރުން ޝަހީދުވި 150 އާއިލާ ހިމެނެއެވެ.

Ad
rt

ހައްދުފަހަނަ އެޅީ އިޒްރޭލުން މިފަހަރު ޣައްޒާއާއި ފަލަސްތީނުގެ އެކި ހިސާބުތަކަށް ދިން ހަމަލާތަކުގައި ޖުމްލަ 270 އަށްވުރެ ގިނަ ފަލަސްތީނީން ވަނީ ޝަހީދުވެއެވެ. އޭގެ ތެރޭގައި އެތައް ކުޑަކުދިންނަކާއި އަންހެނުންނެއްވެސް ހިމެނެއެވެ.

ފަލަސްތީނާއި، ފަލަސްތީނުގެ ބިންތަކަށް ވެރިވެގެން އުޅޭ އިޒްރޭލާއި ދެމެދު މިފަހުން މައްސަލަ ހޫނުވެފައިވަނީ އިސްރޭލުން ހިންގާ ޢައިރު ޤާނޫނީ ޔަހޫދީން އާބާދުކުރުމުގެ މަޝްރޫޢުގެ ދަށުން ޝައިޚް ޖައްރާހް ކިޔާ އަވަށެއްގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުން އެސަރަހައްދުން ނެރުމަށް މަސައްކަތް ފެށި ހިސާބުންނެވެ.

ޝައިޚް ޖައްރާހްގެ މައްސަލައިގައި ރަމަޟާން މަސް ފެށުނީއްސުރެއް އިޒްރޭލުގެ ފުލުހުންނާއި ފަލަސްތީނީންނާއި ދެމެދު ހަމަނުޖެހުންތައް ހިނގަމުން އައިސް އަލް އަޤްސާ ތެރެއަށް އިޒްރޭލު ސިފައިން ވަދެ މާތްވެގެންވާ ޚަރަމުގެ ހުރުމަތް ކެޑި ހިސާބުން ޢައްޒާގެ ހަމާސް ޖަމާޢަތުން މުސްލިމުންނާއި ޤުދުސްގެ ދިފާޢުގައި އިޒްރޭލަށް ހަމަލާދީ ވަނީ ބަދަލުހިފާފައެވެ.