ބ. އޭދަފުށިން މިހާތަނަށް 109 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައި ވުމާއެކު، އެރަށުގެ ކޯވިޑްގެ ހާލަތު ވަޒަންކުރަން މާދަމާ ރެންޑަމް ސާމްޕަލް ނަގަން ނިންމައިފިއެވެ.

އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލްއިން ވިދާޅުވީ، އެރަށުގައި ޕޮޒިޓިވްކޭސްތައް އިތުރުވެ ރަށުގެ ހާލަތު އިތުރަށް ގޯސްވަމުން ދާތީ، މާދާމާ އެ ހޮސްޕިޓަލްގައި ރެންޑަމް ސާމްޕަލް ނެގުން ކުރިއަށް ގެންދަން ނިންމާފަވާ ކަމަށެވެ.

Ad
rt

ރެންޑަމް ސާމްޕަލް ނެގުން އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ މާދާމާ ހެނދުނު 10:00 އިން މެންދުރު 12:00 އަށެވެ. އެ ގަޑީގައި ސާމްޕަލް ދެއްވަން ބޭނުންފުޅުވާ، ކުރިން ސާމްޕަލް ނުދެއްވާ ފަރާތްތަކުން އެ ހޮސްޕިޓަލަށް ވަޑައިގެން ސާމްޕަލް ދެއްވުމަށް އެ ހޮސްޕިޓަލްއިން އެދެއެވެ.

ހުމާއި، ރޯގާގެ އަލާމަތްތައް ހުރި މީހުންނާއި އަދި ޕޮޒިޓިވްވި މީހުންނާ ބައްދަލުވެފައިވާ ފަރާތްތައް ސާމްޕަލް ދެއްވުމަށް ވަޑައިގަތުމަކީ އެ ހޮސްޕިޓަލްގެ އެދުމެކެވެ.

އޭދަފުށިން އިއްޔެ ޕޮޒިޓިވްވީ 10 މީހެކެވެ. މިހާތަނަށް 865 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން ޖުމްލަ 109 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފައިވެ އެވެ.