ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ހައްޔަރުކޮށްފި އެވެ.

މޮސްޓާ ހައްޔަރުކޮށްފައިވަނީ މަޖީދީމަގުންނެވެ. އަދި ކުރީގެ ހޯރަފުށީ ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު އިސްމާއީލް އާއިި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބައެއް ކައުންސިލް މެންބަރުންނާއި ބައެއް އާންމުންވެސް ވަނީ ހައްޔަރުކޮށްފަ ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

އެޗްޕީއޭގެ ހިންގުންތަކާ ހިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާވެސް ހިލާ މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި، މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް މިއަދު ވަނީ ފުލުހުން ވިދާޅުވެފައެވެ.

ފުލުހުން މިގޮތަށް ވިދާޅުވިއިރު، ''ކޮބާ މަގޭ ފްލެޓް'' ފްލެޓްގެ ނަމުގައި އިދިކޮޅުން އިންތިޒާމުކުރި މުޒާހަރާ މިހާރު މާލެ ސިޓީގައި ކުރިއަށް އެބަދެއެވެ. އިދިކޮޅުން ސިލްސިލާ މުޒާހަރާތައް މާލޭ ސިޓީގައި ކުރަމުންދާއިރު، މިއަދުގެ މުޒާހަރާ ގެންދާނީ އެޗްޕީއޭގެ އެންގުމާއި އެއްގޮތަށް، ގާނޫނީ އިމުގެ ތެރެއިން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.