އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މިއަދު ފެށުނު ކާގޯ ފެރީ ދަތުުރުތަކާއެކު ދެ ގައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރުގައި ކުޅުދުއްފުށީގައި އެ ފެރީ ބަނދަރު ކުރީ މިއަދުގެ ވަރަށް ހެނދުނުގެ ވަގުތެއްގައެވެ.

Ad
rt

"މި ދަތުރުތަކާއެކު ރާއްޖެެ-އިންޑިއާގެ އެކުވެރިކަން އިތުރަށް ބަދަހިވެ ގައުމަށް އިތުރު ކުރިއެރުން އަންނާނެ އެވެ،" ކާގޯ ފެރީގެ ފުރަތަމަ ދަތުރާ ގުޅިގެން ރައީސް ޞާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އެ ޓްވީޓުގައި ރައީސް ޞާލިޙް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށާއި އެ ގައުމުގެ ސަރުކާރަށް ވެސް ޝުކުރު އަދާކުރައްވައިފައެވެ.

އިންޑިއާ އާއި ރާޖެއާއި ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތް ރަސްމީކޮން ފަށާފައި ވަނީ ސެޕްޓެމްބަރު 21 ވަނަ ދުވަހުއެވެ.

މިއަދު ރާއްޖެއައި ފުރަތަމަ ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެންނާނެކަމަށް އެމަސައްކަތުގެ ރާއްޖޭގެ އެޖެންޓް މޯލްޑިވްސް ޝިޕިންގ ލައިންއިން އިއްޔެ ވަނީ ބުނެފައެވެ. އޭގެ ތެރޭގައި 500 ޓަނުގެ ސިމެންތިއާއި، ކާބޯތަކެއްޗާއި އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ މުދާ ހިމެނޭ 2 ކޮންޓެއިނަރ ހިމެނޭ ކަމަށް މޯލްޑިވްސް ޝިޕިންގ ލައިންއިން ވަނީ ބުނެފައެވެ.

އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ.