ސިއްޙީ ދާއިރާގެ މަސައްކަތްތެރެއިން މަސްލަހަތާއި، ހައްޤުގައި އަދި އިނާޔަތްތައް ކުރިއަރުވައި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔުނިއަން (އެމްއެޗްޕީޔޫ)އިން މިއަދު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އާއި ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.

މި ބައްދަލުވުމާއި ގުޅިގެން އެމްއެޗްޕީޔޫއިން ބުނެފައި ވަނީ ސިއްހީ ދާއިރާގެ ވަޒީފާގެ އޮނިގަނޑު ނެތުމަކީ، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ދިރިއުޅުމަށް ނުހަނު އަސަރުކުރުވާކަމެއް ކަމަކަށް ވީހިނދު، އުއްމީދަކީ ސީއެސްސީއާއިއެކު ބޭއްވުނު މި ބައްދަލުވުމުގެ ހެޔޮ ބަދަލު ފެނުން ކަމަށެވެ.

Ad
rt

މި ބައްދަލުވުމާއި ގުޅޭގޮތުން ސީއެސްސީއިން ބުނީ މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ގިނަ ސިވިލް ސަރވަންޓުންނަށް ވަޒީފާގައި ކުރިއަށްދެވޭނެ ގޮތަށް ޚާއްސަ އޮނިގަނޑުތަކެއް ހެދިފައިނެތުމާއި، މުސާރައިގެ ކަންބޮޑުވުންތަކާއި ވަޒީފާގެ ހައްޤުތަކެއް ގެއްލޭގޮތް މެދުވެރިވާ ކަމުގައި ބެލެވޭތީ، މިކަންކަމަށް އަވަސް ހައްލެއް ހޯދާދިނުމާ ގުޅޭގޮތުން ކަމަށެވެ.

މި ކަންކަމުގައި އަވަސް ޙައްލެއް ހޯދާދެވޭތޯ ކޮމިޝަނުން މަސައްކަތް ކުރާކަމަށާއި، މިހާތަނަށް ސިއްޙީ ދާއިރާގެ ޚާއްސަ އޮނިގަނޑުތައް އެކުލަވާލުމުގެ މަސައްކަތް ހަލުވިކޮށް ކުރެވެމުންދާ ކަމުގެ މަޢުލޫމާތު އެމްއެޗްޕީޔޫގެ ބޭފުޅުންނަށް ކޮމިޝަނުގެ ފަރާތުން އެރުވި ކަމަށް ސީއެސްސީއިން ބުންޏެވެ. އަދި ހުރިހާ އޮނިގަނޑުތަކެއްވެސް ވީހާވެސް އަވަހަކަށް ތަންފީޒުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމުގައި ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

https://thiladhun.wonstasite.com/42929

އެމްއެޗްޕީޔޫއިން މިއަދު ސީއެސްސީއާއި ބައްދަލުކޮށްފައިވާއިރު، ސިއްހީ ޚިދުމަތްތެރީންގެ އޮނިގަނޑު ފާސްނުވެ އެތައް އަހަރަކަށް ދިގުދެމިގެން ގޮސްފައި ވުމާއިއެކު ސިއްޚީ ޚިދުމަތްތެރީންގެ ޝުޢޫރު ފާޅު ކުރުމަށް ވަނީ ހިމޭން އިޙްތިޖާޖެއް ވެސް ކޮށްފައެވެ.