5 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދެކުނުގެ ރަށަކުން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންބުނެފައިވަނީ ފުލުހުންގެ ސައުތު ޑިވިޝަން އައްޑޫ އަދި ފުވައްމުލައް ހިމެނޭ ރަށެއްގައި 5 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ސިއްހީ ފަރުވާދޭ މަރުކަޒަކުން ފުލުހުންނަށް މި މަހުގެ 13 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން 36 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ސީރިޔަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތަކެކެވެ. އެހެންކަމުން ކުއްޖާގެ ވަނަވަރު ރައްކާތެރި ކުރުމަށްޓަކައި ކުއްޖާގެސީދާ އަތޮޅާއި ރަށް ހާމަނުކުރަން ފުލުހުން ވަނީ ނިންމާފައެވެ.
ޖިންސީ ގޯނާގެ ގިނަ މައްސަލަތަކެއް ފަހަކަށްއައިސް ދަނީ ފެންމަތިވަމުންނެވެ. މީގެ ތެރޭގައި ބައެއް މައްސަލަތަކަކީ މީގެ ކުރިން ބައެއްގެ އިހުމާލުން ނުބެލި ހުރި މައްސަލަތަކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!