ކުމުންދޫގައި ކުޑަކުދިންގެ ޕާރކް ހެދުމަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހޯމްމިނިސްޓްރީގައި އޮތް މިރަސްމިއްޔާތުގައި، ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ އިބްރާހީމް ރަޝީދު. ކުމުންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަމީން މުޙައްމަދުއެވެ.
މިޕާކު ނިންމުމަށް ހަމަޖެހިފައިވަނީ 4 މަސްދުވަހުން ކަމަށާއި ނަމަވެސް އެއަށްވުރެއް އަވަހަށް ނިންމާލެވޭތޯ މަސައްކަތްކުރާނެކަމަށް ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު މިނޫހަށް މަޢުލޫމާތު ދެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!