ހުޅުމާލޭ ފަޅުތެރެއަށް ވަލެއް އައްސަން މޫދަށް ފޭބި މީހަކު ގެއްލިގެން، އެ މީހާ ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.
ފުލުހުންގެ މެރިން ޕޮލިހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިއަދު އިރުއޮއްސި 18:30 ހާއިރުއެވެ.
ގެއްލިގެން ހޯދަމުންދަނީ ހުޅުމާލޭ ސްޓެލްކޯ ސަރަހައްދާ ދިމާލުން ފަޅުތެރެއަށް ވަލެއް އެއްސުމަށްޓަކައި މޫދަށް ފޭބި ދިވެއްސެކެވެ.
މި މީހާ ހޯދުމުގެ މަސައްކަތް މިހާރު މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ދަނީ ކުރަމުންކަމަށް މެރިން ޕޮލިހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ ހުޅުލޭ ސީ ޕްލޭންގެ އުތުރުން އޮންނަ ފަޅުގައި އަޅާފައި އޮތް ތެޔޮ ބާޖަކުން މޫދަށް ފޭބި 48 އަހަރުގެ ދިވެހި ފަޅުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!