ކ.ހިންމަފުށި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އެ އޮޕަރޭޝަން ހިންގަމުން އަންނަ ސަބަބެއް ފުލުހުން ނުބުނެއެވެ.
އެހެންނަމަވެސް އެތަނުގައި ހަރަކާތްތެރިވަމުން އަންނަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގެ އޮޕަރޭޝަން ޓީމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!