އިޒްރޭލުގެ ބައެއް ވަޒީރުން، އިޒްރޭލު ފުލުހުންގެ ހިމާޔަތުގައި އަދި އިޒްރޭލްގެ ސެޓްލަރ ގްރޫޕްތަކާއެކު އަލް-އަޤްޞާ މިސްކިތަށް އާދީއްތަ ދުވަހު ވަދެގަތުން ތުރުކީވިލާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އާދީއްތަ ދުވަހު، އިޒްރޭލުގެ ސަލާމަތީ ބާރުތަކުގެ އެހީގައި، ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާއަށް ޔަހޫދީންގެ ހައްދުފަހަނައަޅާފައި ޖައްބާރު މިނިސްޓަރު އިތަމާރް ބެން ގަވީރް ހިމެނޭ ގޮތަށް ޔަހޫދީންތަކެއް ވަދެގަނެ، އިސްލާމްދީނާ ހިލާފު ކަންކަން ހިންގައި، ޔަހޫދީންގެ ދީނީ އަޅުކަން ކޮށްފައިވެއެވެ.
މިޢަމަލު ހަރުކަށިއިބާރާތުން ކުށްވެރިކޮށް ތުރުކީގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، އަލް-އަޤްޞާ މިސްކިތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ޤުދުސްގެ މުޤައްދަސްކަން ދެމެހެއްޓުމަކީ މުޅި އިންސާނީ މުޖުތަމަޢުން ވެސް އަދާކުރަންޖެހޭ އަސާސީ ޒިންމާއެއްކަމަށެވެ.
BREAKING
A record 3,969 Israeli settlers — led by extremist NatSec Minister Itamar Ben‑Gvir, along with Israeli ministers, officials, and Knesset members — stormed the courtyards of Al‑Aqsa Mosque in occupied Jerusalem on the so‑called “destruction of the Temple”… pic.twitter.com/hMBAsvrbNF
— Zohran Mamdani (@zohranmamdani) August 3, 2025
އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް، ޣައްޒާއިން މުސްލިމުންގެ ނަސްލުނައްތާލުމަށް ހިންގަމުންދާ ޖަރީމާތަކުގެ ސަބަބުން ދެ ދައުލަތުގެ މައްސަލަ ހައްލުކުރުމަށް އަސަރުކޮށްފައިވާ ކަމަށާއި، އިސްރާއީލްގެ އަތްގަދަކުރުމާއި އަނިޔާވެރިކަން އިސްކުރުމުގެ ސަބަބުން ސުލްހައަށް އޮތް އުންމީދުތަކަށް ނުރައްކާވެރި އަސަރުކުރާކަމަށް ތުރުކީން ބުނެފަވެއެވެ.
ފަލަސްޠީނުގައި އަދި މުޅި ސަރަޙައްދުގައި އިޒްރޭލުން ކުރަމުންދާ ހަމަޖެހުން ނަގާލުމުގެ ޢަމަލުތަކާ ކުރިމަތީގައި، ވަގުތުން ހަނގުރާމަ ހުއްޓާލުމަށާއި ދެ-ދައުލަތުގެ ހައްލުގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރުމަށް ގޮވާލާ ގޮވާލުން ތަކުރާރުކުރާކަމަށް ތުރުކީގެ ބަޔާނުގައި ބުނެފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!