އުރީދޫ މޯލްޑިވްސްއިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން 929#* ސުޕަޑީލްސް ކެމްޕެއިނެއް ތަޢާރަފުކޮށްފި އެވެ.
މި ކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްޞަ އޮފަރތަކެއް ލިބިގެންދާނެއެވެ.
މި ކެމްޕެއިނުގައި ހިމެނިފައިވަނީ އެކި ކަސްޓަމަރުންގެ ބިހޭވިއަރއަށް ބެލުމަށްފަހު ޚާއްޞަކުރެވޭ އޮފަރތަކެކެވެ. ސުޕަރޑީލްގެ އޮފަރތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް ދައްކަން ނުޖެހޭނެއެވެ. އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކަށްވެސް މި އޮފަރ ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
ސުޕަރޑީލްސްގެ ތެރޭގައި ބޯނަސް ޑޭޓާ ޕެކޭޖްތަކާއި ޑިސްކައުންޓްތަކުގެ އިތުރުން ޚާއްޞަ ހަދިޔާތައްވެސް ހިމެނެއެވެ. އަދި ލިބޭ އޮފަރތައް ބަދަލުވެސް ވާނެއެވެ. ކަސްޓަމަރުންނަށް #929* އަށް ފިތާލައިގެން ޕާސަނަލައިޒްޑް ސުޕަޑީލްތަކަށް ފަސޭހައިން ވަދެވޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހަމާދީ ވިދާޅުވެފައިވަނީ #929* ސުޕަރޑީލްސްއާއެކު ކަސްޓަމަރުންނަށް ލިބިގެންދާ ވެލިއު އިތުރުވެގެންދާނެ ކަމަށެވެ. އަދި ކޮންމެ ކަސްޓަމަރަކަށްވެސް އިތުރު ޑޭޓާ، ޑިސްކައުންޓް އަދި އުފާވެރި ސަޕްރައިޒްތަކެއް މި ކެމްޕެއިންގެ ތެރެއިން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
އުރީދޫގެ އަމާޒަކީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުންކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް ގުޅާލައި، ދިރިއުޅުމުގައި ކުރަންޖެހޭ ކޮންމެކަމެއްވެސް، އެއީ މަސައްކަތް، ކިޔެވުން، ވިޔަފާރި، ބޭންކިން އަދި މުނިފޫހިފިލުވުން ކަމުގައިވީނަމަވެސް ރައްކާތެރިކަމާއެކު ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކުރެވޭނެ މަގު ފަހިކޮށްދިނުމުގައި އުރީދޫއިންދަނީ އަބަދުވެސް މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!