ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެހި މުވައްޒަފަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ މިއަދު ހަވީރު ރ. އަތޮޅުގައި ހިންގަމުންދާ ރިސޯޓެއްގެ ކެނޯއެއްގައި ނުކުތް އެ ރިސޯޓުގެ ދިވެހި މުވައްޒަފެއްގެ ޚަބަރެއް ނުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad
rt

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 8:43 ގައެވެ.

ގެއްލިގެން ހޯދަމުން އަންނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ވެސް ފުލުހުން ބުންޏެވެ.

''އެމީހާ ހޯދުމަށް ފުލުހުންނާއި ކައިރި ރިސޯޓްތަކުން ދަނީ މަސައްކަތް ކުރަމުން'' ފުލުހުން ބުންޏެވެ.

ރ.އަތޮޅު ރިސޯޓަކުން ކެނޯއެއްގައި ނުކުތް ދިވެއްސަކު ގެއްލިގެން ހޯދަމުން އަންނައިރު، މިއަދު ހެނދުނު 9:30 ފުރައިގެން ޑިންގީއެއްގައި ގދ. ގައްދޫއިން ގދ. ގަމަށް ދަތުރުކުރި 75 އަހަރުގެ މީހަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.