ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސްޓެލްކޯ)ގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ސްޓެލްކޯގެ ކަރަންޓް ޑިސްޓްރިބިއުޝަން ޕެނަލެއްގެ ކޭބަލްތައް ބުރިކޮށް ގެއްލުންދީފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން އަންނަކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ނަސީމީވިލާ / ށ.މިލަންދޫ، އިސްމާޢީލް ސަމީމް (29އ) ވަނީ ކުށުގެ ވެށިން ހައްޔަރުކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި ޕެނަލަށް ދީފައިވާ ގެއްލުމުގެ ސަބަބުން 7 ގެއަކުން ކަރަންޓު ކެނޑިފައި ވެއެވެ.
އެމީހާ ގެއްލުން ދީފައި ވަނީ މާލޭގެ ޗާންދަނީ މަގު، އިސްކަންދަރު ސްކޫލް ކުރިމައްޗަށް ހުރި ޑިސްޓްރިބިއުޝަން ޕެނަލަކަށެވެ.
މީގެކުރިން ވެސް ސްޓެލްކޯ ކޭބަލްތައް ބުރިކޮށް، ވަގަށް ނެގި މައްސަލަތައް ވެސް ވަނީ ފެންމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!