މާލޭ ހެންވޭރު ސަރަޙައްދުގައި ހުރި އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން ހާމަކުރި ގޮތުގައި، ވެއްޓިފައިވަނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ހާދިސާގެ ރިޕޯޓު ފުހުންނަށް ހުށަހަޅާފައި ވަނީ ހެނދުނު 7:23 ހާއިރު އެވެ.
ފުލުހުން ބުނިގޮތުގައި އެމް.އެން.ޑީ.އެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެހީތެރިކަމާއެކު އެ އަންހެން މީހާ ވަނީ އައި.ޖީ.އެމް. ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދޭން ފަށާފައެވެ.
މި ހާދިސާއާ ގުޅޭ ތަޙުޤީޤު ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!