ރ. ހުޅުދުއްފާރުގައި ހުޅުދުއްފާރަށް ދެން ވަޑައިގަންނަވާނީ އެރަށުގައި ހިންގާ މަޝްރޫޢުތައް ނިމުމުގެ އުފަލުގައި ރައްޔިތުންނާއެކު ބައިވެވަޑައިގަންނަވަން ކަމަށް ރައީސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ރ.އަތޮޅުގެ ބައެއް ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ހުޅުދުއްފާރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުގައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ހުޅުދުއްފާރުގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މި އަހަރާއި އަންނަ އަހަރަށް ބަހާލައިގެން، ސްކޫލަށް ބޭނުންވާ ތަރައްޤީގެ އިތުރު މަޝްރޫޢުތައް ވެސް ހިންގަވައިދެއްވާނެ ކަަމުގެ ޔަޤީންކަން ދެއްވިއެވެ.
ހުޅުދުއްފާރަކީ ބޭރުގެ އެކި ރަށްރަށުން ގިނަ ޢަދަދެއްގެ ދަރިވަރުން އެ ރަށަށް ހިޖުރަކޮށްފައިވާ ރަށަކަށް ވާއިރު، ދަރިވަރުންނަށް ވީހާވެސް ލުއި ފަސޭހަ ވާނެ ފަދައިން، ދަނާލުގެ ޢަމަލީ މަސައްކަތްތައްވެސް މި 2 އަހަރު ދުވަހުގެ ތެރޭގައި ހިންގަވައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ހުޅުދުއްފާރުގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރު ކުރައްވަމުން ގެންދަވާ، އަދި ދައުރުގެ ތެރޭގައި ކޮށްދެއްވާނެ އިތުރު ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން، މިދިޔަ އަހަރުގެ ތެރޭގައި އެކަށީގެންވާ ކުރިއެރުމެއް ހޯދިފައި ނުވި ނަމަވެސް، އެ ރަށުގައި ފީފާ ސްޓޭންޑަރޑްގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީ ކޮށްދީ، އިންޑޯރ އަދި އައުޓްޑޯރ ކުޅިވަރުތައް ކުޅެވޭ ގޮތަށް ތަރައްޤީކުރާ ކުޅިވަރު ކޮމްޕްލެކްސްގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.
އެކި ސަބަބުތަކާ ހެދި މަޑުޖެހިފައި ވާ މަޝްރޫޢުތައް ހިންގަވައި ނިންމަވައިދެއްވުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް ދެއްވައި، ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތައް ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރަސް ވަނީ ވިދާޅުވެފައެވެ. އަދި ބޭރު ތޮށީގެ ބޭނުން ހިފޭނެ ފަދަ ގޮތަކަށް ބަނދަރުގެ މަސައްކަތް، 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވިގޮތުގައި ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަން ޙަޤީޤަތަކަށް ހައްދަވައިދެއްވަން މަސައްކަތް ކުރައްވަނީ، ރައްޔިތުންނަށް ކަންކަން ފަހިކޮށްދެއްވުމުގެ ބޭނުންފުޅުގައެވެ. އަދި ''މާތް ﷲގެ އިރާދަފުޅާއެކު އެ މަނިކުފާނު ދެން ރ. ހުޅުއްދުއްފާރަށް ވަޑައިގަންނަވާނީ، ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސް ނިންމާލުމުގެ އުފަލުގައި ރައްޔިތުންނާއެކު ބައިވެރިވަޑައިގަތުމުގެ އުންމީދުގައި ކަމުގައި'' ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!