ހުޅުމާލޭގައި ޒިބްރާ ކްރޮސްމަތިން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ކާރެއް ޖެހި އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ބުނީ، ހުޅުމާލޭ ނިރޮޅުމަގުން ދެކުނަށް އައި ކާރެއް، ޒިބްރާ ކްރޮސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 17:05 ގައެވެ.
އެކްސިޑެންޓްގައި އަނިޔާވި ފަރާތް ޑޮކްޓަރަށް ދެއްކުމަށްޓަކައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާކަމަށް ފުލުހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!