ސައުދީ އަރަބިއާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުލްއަޒީޒް އިންޓަނޭޝަނަލް އެއަރޕޯޓް (KAIA) އިން 2024 ވަނަ އަހަރު 49.1 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދިނުމާއެކު އެއަރޕޯޓުގެ ތާރީޚުގައި އައު ރެކޯޑެއް ޤާއިމްކޮށްފިއެވެ.

އެއަރޕޯޓުން އާންމުކުރި 2024 ވަނަ އަހަރުގެ އޮޕަރޭޝަނަލް ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އެއަރޕޯޓުގެ ޖުމްލަ ފްލައިޓް މޫވްމަންޓްތަކުގެ އަދަދު 278,000 އަށްވުރެ އިތުރުވެފައިވެއެވެ. އަދި 47.1 މިލިއަނަށްވުރެ ގިނަ ދަތުރު ފުރިހަމަކޮށްފައިވެއެވެ.

Ad
rt

މީގެއިތުރުން، އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި ރެކޯޑްވެސް އައު ކުރެވުނެވެ. އެގޮތުން އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި ދުވަހު 174,600 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. ނިމިދިޔަ ޑިސެންބަރު މަހު 4.7 މިލިއަން ފަސިންޖަރުން ދަތުރުކުރުމާއެކު މަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން ދަތުރުކުރި ރެކޯޑްވެސް އައުކުރެވުނެވެ.

މިއީ ސައުދީ އަރަބިއާގެ ދަތުރުފަތުރުގެ ދާއިރާ ކުރިއަރަމުންދާކަމުގެ ހެއްކެއްކަމަށް ސައުދީ ބަޒް އިން ފާހަގަކޮށްފައިވެއެވެ.